Advertisement

ހަމަލާގެ ތުހުމަތު އަފްގާނިސްތާނުން ކުރަނީ ޕާކިސްތާނަށް

11 އޮކްޓޯބަރު 2025 - 13:06 0

އަރުޝަމް އަބްދުالله

އަރުޝަމް އަބްދުالله


ހަމަލާގެ ތުހުމަތު އަފްގާނިސްތާނުން ކުރަނީ ޕާކިސްތާނަށް

11 އޮކްޓޯބަރު 2025 - 13:06 0

އޮކްޓޯބަރު 10 ވަނަ ދުވަހު އަފްގާނިސްތާނުގެ ވެރިރަށް ކާބުލް އަދި އެގައުމުގެ ޕްރޮވިންސެއް ކަމަށްވާ ޕަކްޓިކާ އަށް ވައިގެ މަގުން ދިން ހަމަލާތަކުގެ ތުހުމަތު އެގައުމުގެ ސަރުކާރުން ޕާކިސްތާނަށް ކޮށްފި އެވެ.

ތާލިބާނު ސަރުކާރުން ބުނެފައިވަނީ ކާބުލްގެ އަބްދުލް ހައްގު ސްކޮއަރ ކައިރިން ބޮމުގެ އަޑުއިވުމުން އެންމެ ފުރަތަމަ ތުހުމަތު ކުރެވުނީ އެއީ އޮޅުމަކުން ގޮވި ގޮވުމެއްގެ ގޮތުގައި ކަމަށެެވެ. އެހެން ނަމަވެސް, ފަހުން އަފްގާނިސްތާނުގެ ސަރުކާރުން ވަނީ އެ ހަމަލާގެ ތުހުމަތު ޕާކިސްތާނަށް ކޮށްފަ އެވެ.

މިހާދިސާގައި މިހާތަނަށް އެއްވެސް މީހަކު މަރުވެ, އެއްވެސް މީހަކަށް އަނިޔާވިކަމަށް ރިޕޯޓުކޮށްފައި ނުވެ އެވެ. ޕާކިސްތާނުން އަދި މި ހަމަލާގެ ޒިންމާ ނަގާފައި ނުވެ އެވެ.

ޕާކިސްތާނު ސަރުކާރުން ކުރިން ބުނެފައިވަނީ ޕާކިސްތާނު ތާލިބާނު (ޓީޓީޕީ) ފަދަ ގްރޫޕްތަކުން އަފްގާނިސްތާން ބޭނުންކުރަނީ ޕާކިސްތާނަށް ހަމަލާދިނުމުގެ މައި މަރުކަޒެއްގެ ގޮތުގައި ކަމަށެވެ. ޕާކިސްތާނުގެ މި ތުހުމަތުތަށް އަފްގާނިސްތާނުން ދޮގުކުރެ އެވެ.

މި ހަމަލާއަށްފަހު ޕާކިސްތާނާއި އަފްގާނިސްތާނާއި ދެމެދު އޮތް ގުޅުން ވަނީ އިތުރަށް ގޯސްވެފަ އެވެ. އަފްގާނިސްތާނުގެ ސަރުކާރުގެ އޮފިޝަލުން ބުނެފައިވަނީ, މިފަދަ ހަމަލާތައް ކުރިއަށް އޮތް މުސްތަގުބަލުގައި ދެމުން ގެންދާނަމަ, އެކަމުން ގޯސް ނަތީޖާތަކެއް ނިކުމެދާނެ ކަމަށެވެ.