Advertisement

މީހަކު ރަހީނުކުރުމަށްފަހު ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލައެއްގައި ދެ މީހުން ހައްޔަރުކޮށްފި

9 އޮކްޓޯބަރު 2025 - 11:27 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި ދެމީހުން -- ފޮޓޯ: ފުލުހުން


މީހަކު ރަހީނުކުރުމަށްފަހު ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލައެއްގައި ދެ މީހުން ހައްޔަރުކޮށްފި

9 އޮކްޓޯބަރު 2025 - 11:27 1

މީހަކު ރަހީނުކުރުމަށްފަހު ތޫނު ހަތިޔާރު ބޭނުން ކޮށްގެން އެ މީހާއަށް ބިރުދައްކައި ފައިސާ ފޭރުނު މައްސަލައަކާ ގުޅިގެން ދެ މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ މުހައްމަދު ޒަމީރު، 29، ސީރީންމަންޒިލް، ހއ. ފިއްލަދޫ އާއި ޝަހުމީން ރަޝީދު، 27، ހިތަށްފިނިވާގެ، ގދ. ނަޑެއްލާ ކަމަށެވެ. އެ ދެމީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތުން ގޮތެއް ނިންމަންދެން ޝަހުމީން ރަޝީދު ބަންދުގައި ބެހެއްޓުމަށް އަދި މުހައްމަދު ޒަމީރު 10 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުން ހައްޔަރު ކުރީ މިދިޔަ ސެޕްޓެމްބަރު 1، ގެ ރޭ ހުޅުމާލޭގައި ހުންނަ ގެއެއްގެ ތެރޭގައި މީހަކު ރަހީނު ކުރުމަށްފަހު ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި މާރާމާރީ ހިންގައި އެ މީހާ ބަރަހަނާކޮށް ފޮޓޯއާއި ވީޑިއޯ ނަގައި ފޯނާއި ފައިސާ ހޯދުމަށްފަހު އިތުރު ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުން ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.