Advertisement

އައްޑޫ ކައުންސިލްތައް ވަކިކުރުމާބެހޭ އާންމު ވޯޓު މި މަހު 25 ގައި

8 އޮކްޓޯބަރު 2025 - 13:30 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހިތަދޫގައި ހުންނަ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ -- ފޮޓޯ: އަދަދު


އައްޑޫ ކައުންސިލްތައް ވަކިކުރުމާބެހޭ އާންމު ވޯޓު މި މަހު 25 ގައި

8 އޮކްޓޯބަރު 2025 - 13:30 0

އައްޑޫ ސިޓީ ކައުންސިލް އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ގާއިމު ކުރުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް މި މަހު 25 ގައި ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވެއްޖެ އެވެ.

އެ ކޮމިޝަނުން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ އައްޑޫ ރައްޔިތުންގެ މެދުގައި ނަގާ ވޯޓު އޮންނާނީ މި މަހު 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށެވެ. އަދި ވޯޓު ގުނުމުގެ މަސައްކަތް އެ ދުވަހުގެ ވޯޓުލުން ނިމޭތާ 30 މިނެޓު ފަހުން ފެށޭނެ ކަމަށް އިލެކްޝަނުން ބުންޏެވެ.

އައްޑޫ ރައްޔިތުންގެ މެދުގައި އާންމު ވޯޓަކަށް އަހަނީ އައްޑޫ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި އައްޑޫ ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ގުޅޭގޮތުންނެވެ.

އޭގެތެރެއިން އައްޑޫ މީދޫ އާއި ހުޅުދޫ ރައްޔިތުންގެ މެދުގައި ދެ ކަމަަކަށް ވޯޓަށް އަހަ އެވެ. އެއީ ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް ގާއިމު ކުރުން ނުވަތަ ދެ ރަށް އެއް ކައުންސިލެއްގެ ދަށުން ހިންގުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އައްޑޫ ރައްޔިތުންގެ މެދުގައި ނަގާ އާންމު ވޯޓާ ގުޅޭ ސުވާލާއި ޖަވާބު ހިމެނޭ ކަރުދާސް ވެސް މިއަދު ގެޒެޓު ކޮށްފަ އެވެ. އެ އިއުލާނާއެކު ވޯޓުގައި ހިމެނޭނެ ސުވާލުތައް ވެސް ހިމަނާފައިވެ އެވެ.

އައްޑޫ ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާ ގުޅޭގޮތުން ވޯޓެއް ނަގަން ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެ ނިންމުން ވަޒީރުންގެ މަޖިލީހުން ނިންމީ އެކަން އެގޮތަށް ކޮށްދިނުމަށް އެދި އައްޑޫ ރައްޔިތުންގެ ތެރެއިން ބަޔަކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ބުނެ އެވެ.

އެ ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫގެ އެކި ރަށްރަށުގެ އިހުތިސާސަށް އަތުވެދާނެ ބަދަލުތައް ދެނެގަތުމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީ އާއި އައްޑޫގެ ކަންކަން އެނގޭ ފަންނީ މާހިރުންގެ ޓީމެއް އެކުލަވައިލައި ރަށްރަށުގެ އިހުތިސާސްއާ ގުޅޭ މަސައްކަތްތަކެއް ފެށުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.