7 އޮކްޓޯބަރު 2025 - 14:04 3
އަހުމަދު އާއިދު
ކުޑަކުދިންތަކަކަށް އަނިޔާ ކޮށްގެން ހައްޔަރުކުރި ހަތަރު މީހުން: މި މައްސަލައިގައި އަނިޔާ ލިބުނު ކުޑަކުދިންގެ އަދަދަކީ ވެސް ހަތަރެއް ---- ފޮޓޯ: ފުލުހުން
7 އޮކްޓޯބަރު 2025 - 14:04 3
މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކުޑަކުދިންތަކެއް އެކްސްޕްލޮއިޓް ކުރުމުގެ ތުހުމަތުގައި މަޝްހޫރު ޕްރެޒެންޓަރު އަދި ކުޅިވަރު ހޯސްޓު ނާފިއު ރަޝީދު (ނާއްޕެ) ހިމެނޭހެން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެކްސްޕްލޮއިޓޭޝަންގެ ތުހުމަތުގައި ދިވެހި ހަތަރު ފިރިހެނަކު ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި މާލެއިން ކަމަށެވެ.
ހައްޔަރުކުރީ މ. އެތުނާ، މާލެ، އަލީ އަޝްރަފު، 35، ޕެރިސް، ގދ. ވާދޫ، ލުހާން ސައީދު، 41، ސިލްވާ ސްޓާ، ވ. ރަކީދޫ، ނާފިއު ރަޝީދު، 39، އަދި ހ. ފިނިކުރި، މާލެ، އިބްރާހިމް ޝިނާން އަހުމަދު، 33، އެވެ.
މި މީހުން ހައްޔަރުކުރީ އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ހެންވޭރުގައި ހުރި ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމަށްފަހު އެވެ. އެ ތަނުން މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ ޕެކެޓެއް ފުލުހުން ވަނީ ހޯދާފަ އެވެ. މި އެންމެން ވަނީ މަސްތުވާތަކެއްޗަށް ޕޮސިޓިވް ވެފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލާގައި ހަތަރު ކުއްޖަކަށް އަނިޔާ ލިބިފައިވާ ކަމަށެވެ. ލިބުނު އަނިޔާގެ ތަފުސީލެއް ނުދިނަސް އޭގެތެރޭގައި ހިމެނެނީ 17 އަހަރުގެ ދެ އަންހެން ކުދިންނާއި 16 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިން ކަމަށް ފުލުހުން ބުންޏެވެ.
މި ހަތަރު މީހުންގެ ބަންދަށް ކޯޓުން ވަނީ ތިން ދުވަސް ޖަހާފަ އެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
Comment