Advertisement

ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

7 އޮކްޓޯބަރު 2025 - 12:43 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހދ. ކުޅުދުއްފުށި: އެ ސިޓީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފައި -- ފޮޓޯ: ޒުވާން މަސްވެރިޔާ


ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

7 އޮކްޓޯބަރު 2025 - 12:43 0

ހދ. ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކުން މިއަދު މެންދުރު 12:00 ޖަހާއިކަށްހާއިރު ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

ކުޅުދުއްފުށިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ. އެ ރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން އަންނަނީ ކަރަންޓު ދިޔަ ސަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތް އަލުން ދިނުމަށް މަސައްކަތް ކުރަމުންނެވެ.

އިއްޔެ އިރުއޮއްސެނިކޮށް މުޅި ކުޅުދުއްފުށިން ކަރަންޓުގެ ހިދުމަތް މެދުކެނޑުމުން އެއާޕޯޓުގެ ހިދުމަތް ވެސް މެދުކެނޑުނެވެ. ކަރަންޓުގެ ހިދުމަތް އަނބުރާ ދެވުނީ ދެ ގަޑިއިރު ވާން އުޅެނިކޮށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ކެނޑޭ މިންވަރު ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެގޮތުން ވަކިން ހާއްސަކޮށް މާލެ އާއި އައްޑޫ ސިޓީ ފާހަގަކުރެވެ އެވެ.

އައްޑޫ ސިޓީން ކޮންމެ ދުވަހަކުހެން ލޯޑު މަތިވަމުންދާތީ ކަރަންޓުގެ ހިދުމަތް އެކި ސަރަހައްދުތަކުން އެއް ގަޑިއިރަށް ކަނޑަ އެވެ.