Advertisement

ޓްރީ ޓޮޕްގެ ހެލްތު ކޭމްޕެއް މި މަހު މ. މުލީގައި ބާއްވަނީ

7 އޮކްޓޯބަރު 2025 - 11:04 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޓްރީ ޓޮޕްގެ ހެލްތު ކޭމްޕެއް މި މަހު މ. މުލީގައި ބާއްވަނީ

7 އޮކްޓޯބަރު 2025 - 11:04 0

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މި އަހަރުގެ ހަތަރުވަނަ ހެލްތު ކޭމްޕް މ. މުލީގައި އޮކްޓޯބަރު 17، އިން 18، އަށް މުލީ ރީޖަނަލް ހޮސްޕިޓަލުގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.

ހެލްތް ކޭމްޕްގައި ބައިވެރިވުމަށް ބޭނުންވާ މީހުން އޮކްޓޯބަރު 15، ގެ މެންދުރު 2:00 ޖެހުމުގެ ކުރިން މުލީ ރީޖަނަލް ހޮސްޕިޓަލުގެ ނަންބަރު 6720605 އަށް ގުޅައިގެން ނަން ނޯޓުކުރަން ވަނީ އެދިފަ އެވެ.

ޓްރީ ޓޮޕްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ އެ ކޭމްޕް ކުރިޔަށް ގެންދަނީ މުލީ ރީޖަނަލް ހޮސްޕިޓަލް، މ. މުލީ ކައުންސިލް އަދި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެންނެވެ.

މުލީގައި ބާއްވާ ހެލްތު ކޭމްޕްގައި ބައިވެރިވާ ޓްރީ ޓޮޕްގެ 8 ކޮންސަލްޓަންޓުން:

• ޑރ. ޗަންދްރަޝޭކަރް ރާވަލް – ކަރުންމަތީގެ ބަލިތަކުގެ (އީއެންޓީ) ހާއްސަ ކޮންސަލްޓަންޓް.

• ޑރ. އަލީ މުޒްނީ - ކަށީގެ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓް.

• ޑރ. މުހައްމަދު ހަބީބް - ކަށީގެ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓް.

• ޑރ. ޖާޔާ ޕްރަކާޝް ނާދަން - ކިޑްނީ ބަލިތަކުގެ ހާއްސަ ކޮންސްލްޓަންޓް.

• ޑރ. މެހްމެޓް އޮޑަރ - ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓް.

• ޑރ. މޫސާ މަނިކް އިބްރާހިމް - ހިތުގެ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓް.

• ޑރ. މާރިޔާ ކްރިސްޓީނާ އަލްމޮންޓޭ - އަންހެނުންގެ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓް.

އެ ކޭމްޕްގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މަތީ ފެންވަރުގެ ސިއްހީ ހީދުމަތް ފޯރުކޮށްދިނުމާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މި ކޭމްޕްތަކުން، ކޭމްޕް ބާއްވާ ރަށުގެ ރައްޔިތުންގެ އިތުރުން ކައިރި ރަށްތަކުގައި ދިރިއުޅޭ ފަރާތްތަކާއި، ރިސޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް މާލެ ސަރަހައްދަށް ދަތުރުނުކޮށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ލިބިގެންދެއެވެ.

ޓްރީ ޓޮޕުން ވަނީ މިދިޔަ އަހަރު ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ލ. ގަމުގައި ހެލްތު ކޭމްޕްތައް ބާއްވާފަ އެވެ. ފާއިތުވެދިޔަ ދެ އަހަރު ތެރޭގައި މުޅި ރާއްޖޭގައި 3،800 އަށްވުރެ ގިނަ ހިލޭ މެޑިކަލް ކޮންސަލްޓޭޝަން އެ ހޮސްޕިޓަލުން ވަނީ ފޯރުކޮށްދީފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއި އެކު، ޓްރީ ޓޮޕްގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.