Advertisement

ސެލްފީއެއް ނަގަން އުޅުމަށް ފަހު އަގުއާޑް އަށް ހަމަލާދޭން އުޅެފި

7 އޮކްޓޯބަރު 2025 - 07:19 0


ސެލްފީއެއް ނަގަން އުޅުމަށް ފަހު އަގުއާޑް އަށް ހަމަލާދޭން އުޅެފި

7 އޮކްޓޯބަރު 2025 - 07:19 0

މާސޭ (އޮކްޓޫބަރު 7) - މާސޭ އަށް ކުޅެމުން އަންނަ މޮރޮކޯގެ ޑިފެންޑަރު، ނައީފް އަގުއާޑްއާ އެކު، ސަޕޯޓަރަކު ސެލްފީއެއް ނަގަން އުޅުމަށް ފަހު ހަމަލާދޭން މަސައްކަތްކޮށްފި އެވެ.

ވެސްޓް ހޭމް ޔުނައިޓެޑަށް ކުރިން ކުޅުނު އަގުއާޑް ވަނީ މި ސީޒަން ފެއްޓުމުގެ ކުރިން، 30 މިލިއަން ޑޮލަރަށް ފްރާންސްގެ މާސޭ އަށް ސޮއިކޮށްފަ އެވެ. އަދި، މާސޭ ޓީމަށް މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އަގުއާޑް، މޮރޮކޯ ޓީމަށް ކުރިއަށް އޮތް މެޗުތައް ކުޅެން އެ ގައުމަށް ދާން ފުރަން އެއާޕޯޓުގައި ހުއްޓައި، ވަނީ ހީނުކުރާ ކަމެއް ހިނގައިފަ އެވެ.

"ހިނގައިދިޔަ ކަންތައްތަކާ ބެހޭ މައުލޫމާތު ހިއްސާކުރަން އަހަރެން ބޭނުން، ތެދެއް، މެރިނޯން އެއާޕޯޓުގައި ހުއްޓައި އަަހަންނަށް ވަނީ ހަމަލާދޭން މަސައްކަތް ކޮށްފައި، ނަސީބަކުން މާ ބޮޑު ކަމެއް ނުހިނގައި، ހުރިހާ ކަމެއް ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް ވަރަށް އަވަހަށް ގެނެސްފި،" އަގުއާޑް، 29، ބުންޏެވެ.

ފްރާންސްގެ ނޫސްތަކުން، އަގުއާޑް ކުޅެމުން އަންނަ މާސޭގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އަގުއާޑް އަށް ހަމަލާދޭން މަސައްކަތްކުރީ، ސަޕޯޓަރަކަށް ހެދިގެން ސެލްފީއެއް ނަގަން އުޅުމަށް ފަހު އެވެ. އަދި، ސެލްފީއެއް ނަގަން، އަގުއާޑް ކައިރި ވަގުތުގައި، އަތުންޖަހައި، ހަމަލާދޭން އުޅުމުން ވަގުތުން ހުއްޓުވައި، ފުލުހުންނާ ހަވާލުކުރި ކަމަށެވެ.

ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި ވިދާލި މޮޮރޮކޯ ޓީމުގެ އަގުއާޑް ވަނީ ވެސްޓް ހޭމްގެ އިތުރުން ރެއާލް ސޮސިއެޑާޑް އަށް ކުޅެފަ އެވެ. އަދި، މި ފަަހަރު މާސޭ އަށް ކުޅުމުގެ ކުރިން އަގުއާޑް ވަނީ ރެން އާއި ޑިޖޯން އަށް ކުރިން ކުޅެފަ އެވެ.