6 އޮކްޓޯބަރު 2025 - 09:18 0
ލީވާން އަލީ ނާސިރު
ހުޅުމާލެ ފޭސް 2 ގައި ހައުސިން މަޝްރޫއެއް ކުރިއަށްގެންދަނީ: ހައުސިން މަޝްރޫއު ކުރިއަށްގެންދާ ކުންފުނިތަކަށް އެކި ލުއިތައް ދެވޭނެ މަޝްރޫއެއް ސަރުކާރުން ވަނީ އިއުލާންކޮށްފައި -- ފޮޓޯ: އަދަދު
6 އޮކްޓޯބަރު 2025 - 09:18 0
ހައުސިން މަޝްރޫއުތައް ހިންގަން ކޮންސްޓްރަކްޝަން ކުންފުނިތަކަށް ލުއިދޭން ނޭޝަލަން ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫއެއް ކުރިއަށް ގެންދަން ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުން އެ މަޝްރޫއު ކުރިއަށްގެންދަން ނިންމީ ރާއްޖެއަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމާއި، ކެރިފޯރުންތެރި އަދި ދެމެހެއްޓެނިވި ހައުސިން މާކެޓެއް އުފެއްދުމަށް ކަމަށެވެ.
މަޝްރޫއުގެ ދަށުން ތަންފީޒުކުރަން ނިންމާފައިވާ ކަންކަން:
ހައުސިން މިނިސްޓަރު، އަބްދުﷲ އެކްސްގައި ވިދާޅުވީ މުއްތަލިބު ވިދާޅުވީ ނޭޝަނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫއުގެ ސަބަބުން އެކި މޮޑެލްތަކުން އާމްދަނީގެ އެކި ގިންތިތަކަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަމުގެ ފުރުސަތު ތަނަވަސް ކުރެވިގެންދާނެ ކަމަށެވެ.
ނެޝަލަން ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ކަންކަން ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ގާނޫނީ ބާރުވެރިކަން ހޯދުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމި އެވެ.
އެ ގޮތުން ވަޒީރުންގެ މަޖިލީހުން ނިންމީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ ބޯހިޔާވަހިކަމުގެ ބިލަށް، އެ މަޝްރޫއާ ގުޅޭ ކަންކަން އިތުރުކުރައްވައިގެން ކުރިއަށް ގެންދެވުމަށެވެ.
މި އަހަރަށް ފާސްކޮށްފައިވާ 56.6 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ހައުސިން މަޝްރޫއުތައް ހިންގަން 1.8 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައި ވެ އެވެ. ނަމަވެސް އަހަރު ނިމެން ހަތަރު މަސް ވާން ގާތްވެފައިވާއިރު، މި ބަޖެޓުގައި އަތް ވެސް ނުލަ އެވެ.
މި ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ބޯހިޔާވެހިކަން ކަށަވަރުކޮށްދިނުމަކީ ރިޔާސީ ވައުދެކެވެ. އެގޮތުން ގިނަ މަޝްރޫއުތަކެއް ހިންގަން ސަރުކާރުން އިއުލާން ކޮށްފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް މަޝްރޫއެއް އެކަށީގެންވާ ސްޕީޑުގައި ކުރިއަށް ނުދެ އެވެ.
Comment