5 އޮކްޓޯބަރު 2025 - 19:48 0
މުހައްމަދު ޝަހްޒާން
ފުވައްމުލަކު އެއާޕޯޓު -- ފޮޓޯ: އަދަދު
5 އޮކްޓޯބަރު 2025 - 19:48 0
ފުވައްމުލަކު އެއާޕޯޓުގެ ފެންސު މަތިން އަރަން އުޅުނު ބަޔަކަށް ހުރަސް އެޅުމުން އެއާޕޯޓުގެ ސެކިއުރިޓީއަށް ހަމަލާދީ މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ސެޕްޓެމްބަރު 28، ވަނަ ދުވަހުގެރޭ ފަތިހު 4:05 ހާއިރު ކަމަށެވެ.
އެ މައްސަލައިގައި ތިން މީހުން ހައްޔަރު ކުރީ އެއާޕޯޓުގެ ފެންސު މަތިން އެމީހުން އަރަން އުޅެނިކޮށް އެއާޕޯޓުގެ ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފަކު އެމީހުން ހުއްޓުވަން މަސައްކަތް ކުރުމުން، އެ މީހާއަށް ހަމަލާދީ މާރާމާރީ ހިންގުމުން ކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ ތިން މީހުން ވެސް 15 ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުުހުން ބުންޏެވެ.
އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އެ އެއާޕޯޓުގެ ސެކިއުރިޓީ ބަލަހައްޓަން ހުރި މީހާއަށް ލިބުނު އަނިޔާގެ ތަފުސީލެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެ .މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
Comment