5 އޮކްޓޯބަރު 2025 - 10:34 0
ލީވާން އަލީ ނާސިރު
5 އޮކްޓޯބަރު 2025 - 10:34 0
"ހިތުގެ ވިންދުން ދުޅަހެޔޮ މާދަމަޔަށް" ނަމުގައި ހިތުގެ ޑޮކްޓަރުންނަށް ހިލޭ ދެއްކޭ ކެމްޕެއިނެއް ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަދު ފަށައިފި އެވެ.
ޓްރީ ޓޮޕުން ބުނީ މުޖުތަމައުގައި ހިތުގެ ދުޅަހެޔޮކަމާއި، ހިތުގެ ބަލިތަކާއި ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް އޮކްޓޯބަރު 16، ގެ ނިޔަލަށް ކުރިއަށްގެންދާ އެ ކެމްޕެއިނަކީ އަސާސީ ހިތުގެ ފަރުވާ ފަސޭހަކަމާއެކު ލިބޭނެގޮތް ހެދުމަށް، މާލީ ހުރަސްތައް ނައްތާލުމަށް ފަރުމާކުރެވިފައިވާ ކެމްޕޭނެއް ކަމަށެވެ.
ޓްރީ ޓޮޕްގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ވިދާޅުވީ އެ ކެމްޕެއިނުގެ މަގުސަދަކީ ބައިވެރިވާ މީހުންނަށް މާލީ ބުރައެއް ނެތި، ފެންވަރު މަތި ސިއްހީ ހިދުމަތާއި، ހާއްސަ ޑޮކްޓަރުންގެ މަޝްވަރާ އަދި މުހިންމު މެޑިކަލް ޓެސްޓްތައް ހެދުމުގެ ފުރުސަތު ގިނަ ބަޔަކަށް ފޯރުކޮށްދިނުން ކަމަށެވެ.
ކެމްޕޭނުގެ މައިގަނޑު ނުކުތާތައް:
• ހިލޭ ޑޮކްޓަރަށް ދެއްކުން: އެއްވެސް ހަރަދެއް ނެތި ހިތުގެ ޑޮކްޓަރުންނަށް ދެއްކުން.
• ހިލޭ އެންޖިއޯގްރަފީ ޓެސްޓް: ޑޮކްޓަރު ލަފާދީފިނަމަ، އެންޖިއޯގްރަފީ ޓެސްޓް ހިލޭ.
• ފަންނީ މެޑިކަލް ޓީމް: ތަޖުރިބާކާރު ހިތުގެ ބަލީގެ ކޮންސަލްޓަންޓުން ޑރ. އަމިތް އަގަރުވާލް، ޑރ. މޫސާ މަނިކު، އަދި ޑރ. އަޒީޒް އަހްމަދު..
• ފަސޭހަ ރަޖިސްޓްރޭޝަން: ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓާ ކުރުވޭނެ. އަދި ރަޖިސްޓާ ކުރުމުން، ހޮސްޕިޓަލުގެ ކޯލް ސެންޓަރުން އެޕޮއިންޓްމަންޓް ކަށަވަރުކުރުމަށް ގުޅާނެ.
ދުނިޔޭގައި އިންސާނުންގެ ސިއްހަތަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ގޮންޖެހުންތަކުގެ ތެރޭގައި ހިތުގެ ބަލިތައް ހިމެނެ އެވެ. އެ ބަލިތަކުގެ ފަރުވާ ކާމިޔާބު ގޮތެއްގައި ކުރިއަށް ގެންދެވޭނީ ވީހާވެސް އަވަހަކަށް ބަލީގެ އަލާމާތްތައް ދެނެގަނެ، އެކަށީގެންވާ ފަރުވާ ފެށުމުންނެވެ.
"މި ކެންޕޭނާއެކު ޓްރީ ޓޮޕް ހޮސްޕިޓަލުން މަސައްކަތް ކުރަނީ ހިތުގެ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަށް މީހުން ހިތްވަރުދިނުމަށް. މިގޮތުން އެއްވެސް ކަންބޮޑުވުމެއް ނެތި ޓެސްޓުތައް ފެށުމުގެ ފުރުސަތު ދެވޭނެ. ކޮންސަލްޓޭޝަން އަދި އެންޖިއޯގްރަފީ ހިލޭ ދެވޭއިރު، އެހެނިހެން ހުރިހާ ޓެސްޓުތަކާއި ފަރުވާތަކަށް ހޮސްޕިޓަލުގެ އާންމު އުސޫލުން ފީ ނެގޭނެ،" ޓްރީ ޓޮޕުން ބުންޏެވެ.
ކެމްޕެއިނާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 3351630 އަށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ޓްރީ ޓޮޕުން އެދެ އެވެ.
ޓްރީ ޓޮޕަކީ ރާއްޖޭގެ ސިއްހީ ދުހިމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
Comment