Advertisement

އިޒްރޭލާ މެދު ފުރަތަމަ ގޮތެއް ނިންމަން ޖެހޭނީ ޔުއެފާ އިން: ފީފާ

2 އޮކްޓޯބަރު 2025 - 13:30 0


އިޒްރޭލާ މެދު ފުރަތަމަ ގޮތެއް ނިންމަން ޖެހޭނީ ޔުއެފާ އިން: ފީފާ

2 އޮކްޓޯބަރު 2025 - 13:30 0

ޒިއުރިކް (އޮކްޓޫބަރު 2) - ފުޓްބޯޅައިގެ ހަރަކާތްތަކުގައި އިޒްރޭލް ބައިވެރިވުން ހުއްޓުވުމަށް ފުރަތަމަ ގޮތެއް ނިންމަން ޖެހޭނެ ބަޔަކީ ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ ކަމަށް ފީފާގެ ނައިބު ރައީސް، ވިކްޓަ މޮންޓަގްލިއާނީ ވިދާޅުވެއްޖެ އެވެ.

އިޒްރޭލުން މި މަހު، ގަތަރަށް ދިން ހަމަލާއާ ގުޅިގެން، އަރަބި ގައުމުތަކުގެ އިތުރުން، ޔޫރަޕްގެ ގައުމުތަކާ އިޒްރޭލާ ދެމެދު ވަނީ ގުޅުން ގޯސްވެފަ އެވެ. ގަތަރުގެ ސަރުކާރުގެ އިސް ފަރާތެއް ކަމަށްވާ، ނާސިރު އަލް ހަލީފީ އަކީ ޕީއެސްޖީގެ ރައީސްގެ އިތުރުން، ޔޫރަޕްގެ ކްލަބް އެސޯސިއޭޝަން (އީސީއޭ)ގެ ވެސް ރައީސް އެވެ. އީސީއޭ އަކީ ޔުއެފާއާ ގުޅިގެން ޔޫރަޕްގެ ކްލަބް ފުޓްބޯޅަ އާއި ގައުމުތަކުގެ ފުޓްބޯޅައިގެ ކުރި މަގަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. އެ ގޮތުން، އީސީއޭގެ ވެސް ތާއީދާ އެކު، ޔުއެފާ އަށް ވަނީ، އިޒްރޭލު، ޔޫރަޕްގެ ފުޓްބޯޅަ ހަރަކާތްތަކުން ބޭރުކުރަން ވޯޓެއް ނަގަން ހުށަހަޅައިފަ އެވެ. އެކަމަކު އޭގެ އެއްވެސް ކަމެއް ކުރިއަށް ނުދެ އެވެ.

އަނެއްކޮޅުން، ފީފާ ކައުންސިލުން މިއަދު ޒިއުރިކްގައި ބާއްވާ ބައްދަލުވުުގެ އެޖެންޑާގައި އިޒްރޭލާ ގުޅޭގޮތުން ފިޔަވަޅު އެޅުން ނުހިމެނެ އެވެ. އެކަމަކު، ރިޕޯޓްތައް ބުނާގޮތުން، އެޖެންޑާގައި އެހެނިހެން ޖަހާފައި އިން ބައިގެތެރެއިން އިޒްރޭލާ މެދު މަޝްވަރާ ކުރުމުގެ ވާހަކަތަކެއް މީޑިއާގައި ވަނީ ދެކެވިފަ އެެވެ.

ބީީބީސީން ކުރި ސުވާލަކަށް، މޮންޓަގްލިއާނީ ވިދާޅުވީ، އިޒްރޭލަކީ އެންމެ ފުރަތަމަ ޔުއެފާގެ މެމްބަރު ގައުމެއް ކަމަށާއި އެ ޓީމާ މެދު ފިޔަވަޅެއް އަންނަ ކަމުގައިވާނަމަ އެންމެ ފުރަތަމަ އެކަން ކުރަން ޖެހޭނީ ޔުއެފާ އިން ކަމަށެވެ.

"މީގެ ޔުއެފާ އިސްނަގަން ޖެހޭ ކަމަށް ފެންނަނީ،" މޮންޓަގްލިއާނީ ވިދާޅުވި އެވެ.

ސަސްޕެންޑްކޮށްފިނަމަ، އިޒްރޭލަށް ޔުއެފާ އިން ބާއްވާ އެއްވެސް ކްލަބް ފުޓްބޯޅަ މުބާރާތެއްގެ އިތުރުން، ވޯލްޑް ކަޕް ކޮލިފައިންގައި ވެސް ވާދަނުުކުރެވޭނެ އެވެ. އިޒްރޭލު، މި ވަގުތު އޮތީ ވޯލްޑް ކަޕް ކޮލިފައިން ގްރޫޕެއްގެ ތިން ވަނައިގަ އެވެ. އެއީ، އެ ގްރޫޕްގެ އެއް ވަނައިގައި އޮތް ނޯވޭ އަށް ވުރެން ހަ ޕޮއިންޓް ފަހަތުގަ އެވެ. އިޒްރޭލުގެ ކްލަބް، މެކަބީ ޓެލް އަވީވް އަންނަނީ، ޔުއެފާ ޔޫރޮޕާ ލީގުގައި ކުޅެމުންނެވެ.

ފަލަސްތީނުގެ ގައްޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން އިޒްރޭލު ބައިނަލްއަގުވާމީ ކުޅިވަރުތަކުން އެކަހެރި ކުރުމަށާއި އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އިޒްރޭލް ކުޅޭނަމަ ސްޕެއިނުން ބޮއިކޮޓްކޮށްފާނެ ކަމަށް ސްޕެއިންގެ ބޮޑުވަޒީރު ސަންޗޭޒް ވިދާޅުވި، ވާހަކަ އަށް ޔޫރަޕްގެ އެކި ގައުމުތަކުގެ ފުޓްބޯޅަ ފެޑެރޭޝަންތަކުން ވަނީ ތާއިދުކުރަން ފަށައިފަ އެވެ.