30 ސެޕްޓެންބަރު 2025 - 09:17 0
ލީވާން އަލީ ނާސިރު
30 ސެޕްޓެންބަރު 2025 - 09:17 0
ދިރާގުގެ ޓިކްޓޮކް ޗެލެންޖުގައި ބައިވެރިވެގެން 10،000ރ. ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ޗެލެންޖުގައި ބައިވެރިވެވޭނީ "ދިރާގު ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ލަވަ "ނޫރާޅާ ޖައްސާލާ" އަށް ކޮންޓެންޓް ތައްޔާރުކޮށް، ދިރާގު ޓިކްޓޮކް އެކައުންޓް dhiraagufans@ ފޮލޯކޮށް، އަދި DhiraaguWin2Speedboats# ޓެގު ކޮށްގެންނެވެ.
ދިރާގުން ބުނީ އެ ޗެލެންޖަކީ ހުނަރުވެރި ކޮންޓެންޓް ކްރިއޭޓަރުންނާއި ކޮންޓެންޓް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ހުނަރުތައް ދައްކާލައި، އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތު ލިބިގެންދާ ޗެލެންޖެއް ކަމަށެވެ.
އޮކްޓޯބަރު 20، ވާ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޗެލެންޖް ކާމިޔާބުކުރާ ފަރާތް ހާމަ ކުރުމަށް ހަމަޖެހިފައިވަނީ ދިރާގުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް މެދުވެރިކޮށެވެ.
ދިރާގުން ދަނީ އުފެއްދުންތެރިކަން ކުރިއެރުވުމަށާއި ހުނަރު ތަރައްގީކުރުމަށް މި ފަދަ ހާއްސަ ހަރަކާތްތައް އަގުހުރި އިނާމުތަކާއެކު ކުރިއަށްގެންދަމުންނެވެ.
Comment