Advertisement

ރައީސް އޮފީހުން ނެރޭ ސަރުކާރުގެ ހަބަރު ވެސް ހިމަނައި ކޮންޓްރޯލް ކޮމިޝަނުގެ އިންތިހާބުގައި ވޯޓުލެވޭ މީޑިއާތަކުގެ ލިސްޓު އާންމުކޮށްފި

28 ސެޕްޓެންބަރު 2025 - 22:16 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ކޮންޓްރޯލް ގާނޫނާއި ދެކޮޅަށް ނޫސްވެރިން ކުރި މުޒާހަރާގެ ބައިވެރިންނާއި ވާހަކަދައްކަވަން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އެ އޮފީސް ކުރިމަތީގައި ---- ފޮޓޯ: އަދަދު


ރައީސް އޮފީހުން ނެރޭ ސަރުކާރުގެ ހަބަރު ވެސް ހިމަނައި ކޮންޓްރޯލް ކޮމިޝަނުގެ އިންތިހާބުގައި ވޯޓުލެވޭ މީޑިއާތަކުގެ ލިސްޓު އާންމުކޮށްފި

28 ސެޕްޓެންބަރު 2025 - 22:16 1

ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރާ ސަރުކާރުގެ ހަބަރު ވެސް ހިމެނޭހެން، މިނިވަން ނޫސްވެރިކަމާއި ހިޔާލުގައި ތަޅު އެޅުވޭ ގޮތަށް ހެދި ގާނޫނުގެ މީޑިއާތަށް ކޮންޓްރޯލް ކުރަން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުން އިންތިހާބުކުރާ އިންތިހާބުގައި ވޯޓުލެވޭ މީޑިއާތަކުގެ ލިސްޓު އާންމުކޮށްފި އެވެ.

މީޑިއާތަކުން ވޯޓުލައިގެން ހޮވަނީ ކޮންޓްރޯލް ކޮމިޝަނުގައި ހިމެނޭ ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރެކެވެ. އަނެއް ތިން މެންބަރުން އައްޔަންކުރަނީ ރައީސް މުހައްމަދު މުއިއްޒުގެ ފުރިހަމަ ބާރު އޮތް، ރައްޔިތުންގެ މަޖިލީހުންނެވެ.

އިލެކްޝަންސް ކޮމިޝަނުންް ކުރިއަށް ގެންދާ މި އިންތިހާބުގެ ވޯޓުލުން ބާއްވަން ނިންމާފައިވަނީ އޮކްޓޯބަރު 11، ގަ އެވެ. އެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލާފައިވާއިރު، ވޯޓު ދެވޭ މީޑިއާތަކުގެ ނަންތައް ހާމަކޮށް ޝަކުވަ ހުށަހެޅުމަށް އިލެކްޝަނުން ހުޅުވާލީ މިއަދު އެވެ.

އީސީ އިން އާންމުކުރި ލިސްޓުގައި އާންމުކޮށް ނުނެރޭ މަޖައްލާތަކާއި ނުނެރޭ ނޫސްތައް ހިމެނޭހެން 335 މީޑިއާއެއް ހިމަނާފައިވެ އެވެ. މީގެ ތެރޭގައި ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރާ ސަރުކާރުގެ ހަބަރު، އެމްއެންޑީއެފްގެ މަޖައްލާ އައްޑަނަ ވެސް ހިމެނެ އެވެ.

މީގެ އިތުރުން ވެސް ސަރުކާރުގެ އެކި ކުންފުނިތަކުން ރަޖިސްޓްރީ ކޮށްފައިވާ ނޫސް އަދި މަޖައްލާތައް ވެސް މި ލިސްޓުގައި ހިމެނެ އެވެ. މީގެތެރޭގައި ފެނަކަ އަދި އެމްޕީއެލް ފަދަ ކުންފުނިތަކުގެ މީޑިއާ ސައިޓުތައް ހިމެނެ އެވެ. މި ހުރިހާ މީޑިއާ އަކުން އެކަކަށް އިންތިހާބުގައި ވޯޓު ލެވޭނެ އެވެ.

މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން ކޮމިޝަނުގެ މެންބަރުން އިންތިހާބުކޮށް، އައްޔަން ކުރުމާއި ހަމައަށް ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާމެދު ގޮތް ނިންމުމާއި އަލަށް އުފައްދާ މީޑިއާތަކަށް ލައިސެންސް ދިނުމަށް ވަގުތީ ގޮތުން ހިންގާ ކޮމިޓީއެއް ސެޕްޓެމްބަރު 21، ގައި ވަނީ އައްޔަނުކޮށްފަ އެވެ.

ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަށް ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމުގެ އަދިވެސް ބާރު އޮތީ ލިބޭ ގޮތަށެވެ. އަދި މީޑިއާތައް ޖޫރިމަނާ ކުރެވޭ މާއްދާ ވެސް އަދިވެސް އެބަ އޮތެވެ. އުނި ކުރީ ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް މާއްދާ އެވެ. އަދި ކޮމިޝަނުން ބޭނުންވާ މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލު ކުރެވޭނެ ގޮތަށް އޮތް މާއްދާތައް ވެސް އެބަހުއްޓެވެ.