27 ސެޕްޓެންބަރު 2025 - 09:19 0
27 ސެޕްޓެންބަރު 2025 - 09:19 0
ރިޔާދު، ސައުދީ އަރަބިއްޔާ (ސެޕްޓެމްބަރު 27) - ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލާ އެކު، 2-0 އިން އަލް އިއްތިހާދު ބަލިކޮށް އަލް ނަސްރުން ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ އެއް ވަނަ މަގާމަށް ޖެހިލައިފި އެވެ.
ރޭގެ މެޗު ފަށައިގެން ނުވަ ވަނަ މިނިޓްގައި އަލް ނަސްރަށް ލީޑުނަގައިދިނީ، ލިވަޕޫލްގެ ކުރީގެ ފޯވާޑް ސަޑިއޯ މާނޭ އެވެ. އަދި، މެޗުގެ 35 ވަނަ މިނިޓްގައި، މާނޭ ބައިވެރިވި އެޓޭކެއްގައި އޭނާ ވަނީ ރޮނާލްޑޯ އަށް މެޗުގެ ދެ ވަނަ ގޯލު ޖަހައިދޭން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މިއީ،
މި ފަހަރު ލީގުގައި ރޮނާލްޑޯގެ ހަތަރު ވަނަ ގޯލެވެ. ލަނޑު ލިސްޓުގެ ދެ ވަނައިގައި އޮތް ރޮނާލްޑޯ އަށް ވުރެ އިތުރަށް ގޯލު ޖަހާފައިވަނީ، އެ ޓީމަށް ކުޅޭ ޖޮއާއޯ ފެލިކްސް އެވެ.
މިއީ، ލީގުގައި އަލް ނަސްރުން ޖެހިޖެހިގެން ހޯދި ހަތަރު ވަނަ މޮޅެވެ. އެއް ވަނައިގައި 12 ޕޮއިންޓާ އެކު، އަލް ނަސްރު އޮތްއިރު، ދެ ވަނައިގައި އޮތް އަލް އިއްތިހާދު ވެސް ފުރަތަމަ ތިން މެޗުން މޮޅުވެ، ނުވަ ޕޮއިންޓް ވަނީ ހޯދައިފަ އެވެ. އަލް ނަސްރު އަތުން ބަލިވެ، އަލް އިއްތިހާަދަށް މި ވަނީ ލީގުގައި މި ފަހަރު ފުރަަތަމަ ނާކާމިޔާބާ ކުރިމަތިލާން ޖެހިފަ އެވެ.
Comment