Advertisement

ކޭންގެ ރެކޯޑް 100 ވަނަ ގޯލާ އެކު ބަޔާނަށް މޮޅެއް

27 ސެޕްޓެންބަރު 2025 - 09:10 0


ކޭންގެ ރެކޯޑް 100 ވަނަ ގޯލާ އެކު ބަޔާނަށް މޮޅެއް

27 ސެޕްޓެންބަރު 2025 - 09:10 0

މިއުނިކް (ސެޕްޓެމްބަރު 27) - ޖަރުމަނު ލީގުގައި ރޭ ވާޑާ ބްރެމަން އަތުން ބަޔާން މިއުނިކުން 4-0 އިން މޮޅުވި މެޗުގައި، ހެރީ ކޭން ޖެހި ގޯލުތަކާ އެކު، އެ ކްލަބަށް 100 ގޯލު ހަމަކޮށް ޔޫރަޕްގެ ބޮޑު ފަސް ލީގުގައި އެންމެ އަވަހަށް ޓީމަކަށް އެ އަދަދަށް ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފި އެވެ.

ޔޫރަޕްގެ ވަރުގަދަ ފަސް ލީގަކީ، އިނގިރޭސި ޕްރިމިއާ ލީގާއި، ސްޕެނިޝް ލީގު، ޖަރުމަނު ލީގު، އިޓާލިއަން ލީގު އަދި ފްރެންޗް ލީގު އެވެ.

ކޭން، މި ވަނި ބަޔާނާ ގުޅުމަށް ފަހު، 104 މެޗުން 100 ގޯލު ހަމަކޮށްފަ އެވެ. އޭނާ މި ކަން ހާސިލްކޮށްފައިވަނީ، ރޭގެ މެޗުގައި ދެ ގޯލު ޖަހައިގެންނެވެ.

މީގެ ކުރިން، ޔޫރަޕްގެ ބޮޑު ފަސް ލީގުގައި އެންމެ އަވަހަށް 100 ގޯލު ޖެހުމުގެ ރެކޯޑް އޮތީ، 2011 ވަނަ އަހަރު ރެއާލްގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގަޔާއި މިދިޔަ އަހަރު އެ ރެކޯޑާ ހަަމަކުރި މެންޗެސްޓާ ސިޓީގެ އާލިން ހާލަންޑް އަތުގަ އެވެ. ހާލަންޑާއި ރޮނާލްޑޯ މި ރެކޯޑް ހެދީ 105 މެޗުން 100 ލަނޑު ހަމަކޮށްގެންނެވެ.

ކޭންގެ އިތުރުން ރޭގެ މެޗުގައި ބަޔާންގެ ލަނޑުތައް ޖެހީ ފުރަތަމަ ގޯލު ޖެހީ، ޖޮނަތަން ޓާ އާއި މެޗުގެ ފަހު ގޯލު ޖެހި ކޮންރަޑް ލައިމާ އެވެ.

ވިންސެންޓް ކޮމްޕެނީ ކޯޗުކޮށްދޭ ބަޔާނުން ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު ފަސް މެޗުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު، 15 ޕޮއިންޓް ހޯދައިގެންނެވެ.