Advertisement

ޗައިނާ އިން ޒުވާނުންނަށް ހާއްސަކޮށް ވިސާއެއް ތައާރަފު ކުރަނީ

22 ސެޕްޓެންބަރު 2025 - 12:43 0

އަރުޝަމް އަބްދުالله

އަރުޝަމް އަބްދުالله


ޗައިނާ އިން ޒުވާނުންނަށް ހާއްސަކޮށް ވިސާއެއް ތައާރަފު ކުރަނީ

22 ސެޕްޓެންބަރު 2025 - 12:43 0

ޗައިނާ އިން ޒުވާނުންނަށް ހާއްސަކޮށްގެން ވިސާ އެއް ތައާރަފު ކުރުމަށް އެ ގައުމުން ނިންމައިފި އެވެ.

"ކޭ" ވިސާގެ ނަމުގައި މުޅިން އަލަށް ޗައިނާ އިން ވިސާއެއް ތައާރަފު ކުރުމަށް ނިންމާފައިވަނީ އޮކްޓޯބަރު 1 ވަނަ ދުވަހު އެވެ.

މިއީ އެމެރިކާއިން އެޗް-1ބީ ވިސާގެ ފީ އިތުރުކުރުމާ ގުޅިގެން، ދުނިޔޭގެ ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތް ކުރާ މަސައްކަތްތެރިންނަށް ޗައިނާ އަކީ މަގުބޫލު ގައުމަކަށް ހެދުމުގު ބޭނުމުގައި އެ ގައުމުން ކުރި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.

"ކޭ" ވިސާ އަކީ 35 އަހަރުން ދަށުގެ، ސައިންސް, ޓެކްނޮލޮޖީ, އިންޖިނޭރިން ނުވަތަ ހިސާބާއި ގުޅޭ ދާއިރާ އަކުން ބެޗެލާރސް ޑިގްރީ ހާސިލުކޮށްފައިވާ ޒުވާން, ފަންނީ މީހުންނަށް ހާއްސަކޮށްފައިވާ ވިސާއެކެވެ.

އޭގެ ތެރޭގައި ދިރާސާކުރާ މީހުންނާއި އުނގަންނައިދޭ މީހުން ހިމެނޭނެ އެވެ. އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލް އަދި ދިވެހިރާއްޖެ ފަދަ ދެކުނު އޭޝިއާގެ ޤައުމުތަކުގެ މީހުންނަށް މި ވިސާއަށް އެދެވިދާނެ އެވެ. މި ވިސާއަށް އެދުމަށް ވަޒީފާގެ އޮފާއެއް ނުވަތަ ސްޕޮންސަރެއް ބޭނުމެއް ނުުވާނެ އެވެ. މި ވިސާ ދިނުމުގައި ބަލާނީ ހަމައެކަނި އެމީހުންގެ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ އަށެވެ.

މި ވިސާގެ ދަށުން ޗައިނާއަށް ގިނަ ގިނައިން އެތެރެވުމާއި, އެ ގައުމުގައި ދިގު މުއްދަތަށް މަޑުކުރުމާއި، ތައުލީމު ހާސިލުކުރުމާއި، ސަގާފަތް ކުރިއެރުވުން ނުވަތަ ވިޔަފާރީގެ ދާއިރާތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ދެކުނު އޭޝިއާގެ ފަންނީ ފަރާތްތަކަށް "ކޭ" ވިސާއިން އެމެރިކާގައި މަސައްކަތް ކުރުމަށް ހޯދާ އަގުބޮޑު ވިސާ ތަކާ, ފިއްތުންތަކާއި ނުލާ ޗައިނާގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ. މިއީ ޗައިނާއިން ދުނިޔޭގެ ހުނަރުވެރިން އެ ގައުމަށް ގެނެސް އައު އީޖާދުތައް އިތުރުކުރުމުގެ މަސައްކަތުގެ ބައެކެވެ.