Advertisement

ގުރުއަތުލުމަށް ފަހު ނަން ނަގާ ޓީމަކަށް ކްލަބް މޯލްޑިވްސް އިން ހަރުކަށި އަދަބެއް ދެނީ

22 ސެޕްޓެންބަރު 2025 - 11:24 3


ގުރުއަތުލުމަށް ފަހު ނަން ނަގާ ޓީމަކަށް ކްލަބް މޯލްޑިވްސް އިން ހަރުކަށި އަދަބެއް ދެނީ

22 ސެޕްޓެންބަރު 2025 - 11:24 3

ގުރުއަތުލުމަށް ފަހު، ކްލަބް މޯލްޑިވްސްގެ މުބާރާތްތަކުން ނަން ނަގާ ޓީމަކަށް ހަރުކަށި އަދަބެއް ދޭން ނިންމާފައިވާ ކަމަށް ކްލަބް މޯލްޑިވްސް އިން ބުނެފި އެވެ.

ކްލަބް މޯލްޑިވްސްގެ ފުޓްސަލް ސީޒަނުގައި މި ފަހަރު ޖުމްލަ އެކު، ހަ މުބާރާތެއް ކުރިއަށް ދެ އެވެ. އޭގެ ތެރެއިން ދެ މުބާރާތެއް ވަނީ ނިމިފަ އެވެ. އެއީ، ޗެމްޕިއަނުންގެ މެދުގައި ކުޅުނު ކިންގްސް ކަޕާއި، އަންހެން ފުޓްސަލްގެ ދެ ވަނަ ފަންތީގެ މުބާރާތް، އެއިޓީން ތާޓީ ކްލަސިކް އެވެ.

މި ވަގުތު ކުރިއަށްދާ މުބާރާތްތަކަކީ، އެއިޓީން ތާޓީ އާއި ކްލަބް މޯލްޑިވްސް ކްލަސިކް އެވެ. އަދި، ނުފަށައި އޮތީ، ކްލަބް މޯލްޑިވްސްގެ މައި މުބާރާތް، ކްލަބް މޯލްޑިވްސް ކަޕް އަދި މުޅިން އަލަށް ފަށަން ތައްޔާރުވާ ސެކްޓާ ލީގު އެވެ.

ކްލަބް މޯލްޑިވްސް އިން ބުނީ، މުބާރާތުގައި ބައިވެރިވަނީ، ކޮންމެ ޓީމަކުން ވެސް ވަރަށް ބޮޑެތި ހޭދަތަކެއް ކުރުމަށް ފަހު ކަމަށެވެ. އަދި، އެ ގޮތުން، މުބާރާތް ބާއްވާ އޮގަނައިޒަރުގެ ހައިސިއްޔަތުން، ހުރިހާ ޓީމެއްގެ މަސްލަހަތު ރައްކާތެރިކުރުމަށް ފިޔަވަަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

އެ ގޮތުން، މިހާރު ނިންމާފައިވަނީ، މުބާރާތުގައި ބައިވެރިވާ ޓީމެއް، ގުރުއަތުލުން ކުރިއަށްދިއުމަށް ފަހު، ދެން މުބާރާތުން ވަކިވެއްޖެނަމަ އެ ޓީމަކަށް ހަރުކަށި އަދަބެއް ދިނުމަށެވެ. އެ ގޮތުން، ކްލަބް މޯލްޑިވްސް އިން ބުނީ، އެ ޖަމިއްޔާ އިން އިންތިޒާމްކުރާ މުބާރާތަކުން ގުރުއަތުލުމަށް ފަހު، ނަން ނަގައިފިނަމަ، ޖޫރިމަނާ ކުރުމުގެ އިތުރުން ދެ އަހަރަށް ސަސްޕެންޑް ކުރުމަށާއި އެ މުއްދަތުގެ ތެރޭގައި، އެ އޮފީހަކަށް ނިސްބަތްވާ އެއްވެސް ކުޅުންތެރިއަކަށް އެހެން ޓީމަކަށް މުބާރާތް ނުކުޅެވޭ ގޮތް ހެދުމަށެވެ.

މި އަހަރުގެ ކްލަބް މޯލްޑިވްސް އިން ބާއްވާ ޖުމްލަ ހަ މުބާރާތުގައި، 93 ޓީމު ބައިވެރިވާން އެޕްލިކޭޝަން ހުށަހެޅި އެވެ.