21 ސެޕްޓެންބަރު 2025 - 21:24 0
21 ސެޕްޓެންބަރު 2025 - 21:24 0
ހދ. ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ބީޗްހޭންޑްބޯލް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުތަކުން، ރާއްޖެ އާއި ބަންގްލަދޭޝް ބަލިކުރުމަށް ފަހު، ސްރީ ލަންކާ އާއި ޕާކިސްތާނުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ސެމީ ފައިނަލް ފުރަަތަމަ މެޗުގައި، ލީގު ބުރުގެ އެއް ވަނަ ހޯދި ޕާކިސްތާނުން ކުޅުނީ ލީގު ބުރުގެ ހަތަރު ވަނަ ބަންގްލަދޭޝްއާ އެވެ. މުބާރާތުގައި ފުރިހަމަ ރެކޯޑެއް ދަމަހައްޓަމުން އަންނަ ޕާކިސްތާނުން ވަނީ ބަންގްލަދޭޝަށް އެއްވެސް ފުރުސަތެއް ނުދީ ސީދާ ދެ ސެޓުން މޮޅުވެ، ފައިނަލުގެ ޖާގަ ހޯދައިފަ އެވެ.
ޕާކިސްތާނުން ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދިއިރު، ސެޓުތައް ގެންދިޔައީ، 22-17، 27-05 އިންނެވެ.
ދެ ވަނަ ސެމީ ފައިނަލުގައި، ލީގު ބުރުގެ ދެ ވަަނަ ސްރީ ލަންކާ އިން ވާދަކުރީ ލީގު ބުރުގެ ހަތަރު ވަނަ ރާއްޖެއާ އެވެ. ރާއްޖޭން ވަނީ ލީގު ބުުރުގައި ސްރީ ލަންކާގެ މައްޗަށް ކުރިހޯދައިފަ އެވެ. އެކަމަކު، ސެމީ ފައިނަލުގައި ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރަކެވެ. ލަންކާ އިން ވަނީ ރާއްޖޭގެ މައްޗަށް ކޮންޓްރޯލް ހޯދައިގެން ނަތީޖާ ނެރެފަ އެވެ.
އެ ގޮތުން ފުރަތަމަ ސެޓުގައި، ލަންކާ އިން ވާދަވެރި ކުޅުމަކަށް ފަހު، ރާއްޖެ ބަލިކުރީ، 14-12 އިންނެވެ. އަދި، ދެ ވަނަ ސެޓުގައި ފަރަގު ބޮޑުކުރިއިރު، ލަންކާ އިން މި ސެޓު ގެންދިޔައީ، 24-14 އިންނެވެ.
މާދަމާ ހަވީރު، 16:15 ގައި ކުޅޭނީ، ލީގު ބުރުގެ ފުލަށް ދިޔަ ދެކުނު އެފްރިކާ އާއި އިންޑިއާ އިން ކުޅޭ ރޭންކިން މެެޗެވެ. އަދި، 17:15 ގައި ތިން ވަނަ ހޮވާ މެޗުގައި ކުޅޭނީ ސެމީ ފައިނަލުން ބަލިވި ރާއްޖެ އާއި ބަންގްލަދޭޝް އެވެ. އަދި، މާދަމާރޭ، 20:00 ގައި ސެމީން މޮޅުވި ދެ ޓީމު ކަަމަށްވާ، ޕާކިސްތާން އާއި ސްރީ ލަންކާ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment