Advertisement

މާރާމާރީއެއްގައި އަނިޔާވެގެން ފަރުވާ ހޯދަމުންދިޔަ މީހަކު މެޑިކަލް ސްޓާފަށް ބިރު ދައްކައިގެން ހައްޔަރުކޮށްފި

21 ސެޕްޓެންބަރު 2025 - 09:53 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ލޫތު: އޭނާ ވަނީ ހޮސްޕިޓަލުގެ މެޑިކަލް ސްޓާފަކަށް ބިރު ދައްކައި މަރުގެ އިންޒާރު ދީފައި -- ފޮޓޯ: ފުލުހުން


މާރާމާރީއެއްގައި އަނިޔާވެގެން ފަރުވާ ހޯދަމުންދިޔަ މީހަކު މެޑިކަލް ސްޓާފަށް ބިރު ދައްކައިގެން ހައްޔަރުކޮށްފި

21 ސެޕްޓެންބަރު 2025 - 09:53 0

މިދިޔަ އާދީއްތަ ދުވަހު ފަތިހުގެ ވަގުތެއްގައި މާލޭގައި ހިންގި މާރާމާރީއެއްގައި އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ މީހަކު ހޮސްޕިޓަލުގެ މެޑިކަލް ސްޓާފުންނަށް ބިރު ދެއްކި މައްސަލައިގައި ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ގދ. ވާދޫ، ފުރުސަތު، ލޫތު އިބްރާހިމް، 28، އަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށި ދުވަހުގެ މެންދުރު އޭނާއަށް ފަރުވާ ދެމުންދިޔަ މެޑިކަލް ސްޓާފަށް މަރުގެ އިންޒާރު ދީ، ބިރުދައްކާފައިވާ ކަމަށެވެ.

އޭގެއިތުރުން ލޫތުގެ ޖީބުން ވަޅިއެއް ވެސް ފެނިފައިވުމާއެކު މިދިޔަ ހުކުރު ދުވަހު ކޯޓު އަމަރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ލޫތުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުގެ މުއްދަތު ވަނީ ޖަހާފަ އެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.