Advertisement

130 ކިލޯގެ މަސްތުވާތަކެތި މައްސަލައިގައި ހަ މީހުންނަށް ބައި ގަރުނުގެ ހުކުމެއް!

20 ސެޕްޓެންބަރު 2025 - 20:45 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބު އިބްރާހީމް


130 ކިލޯގެ މަސްތުވާތަކެތި މައްސަލައިގައި ހަ މީހުންނަށް ބައި ގަރުނުގެ ހުކުމެއް!

20 ސެޕްޓެންބަރު 2025 - 20:45 0

ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން ފެނުނު 130 ކިލޯގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ހަ މީހުންގެ މައްޗަށް ވެސް ކުށް ސާބިތުވެ އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ޖަންބޯ ނަމަކަށް ކިޔާ ދޯންޏެއްގައި ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މަސްތުވާތަކެއްޗާ ގުޅިގެން ދައުލަތުން ހަ މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ. އެއީ:

  • ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބު އިބްރާހީމް
  • ހއ. ހޯރަފުށި، ވައިލެޓްވިލާ، އަހުމަދު މޫސާ
  • ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު
  • ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިން
  • ބަންގްލަދޭޝްގެ އިގުބާލް
  • ބަންގްލަދޭޝްގެ މުހައްމަދު ރިޔާދު

އެ ހަ މީހުންގެ މައްޗަށް ވެސް ދިވެހިރާއްޖެއަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށާއި ޖަދުވަލު 1 ގައިވާ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ކަމުގެ ކުށުގެ ދައުވާ ސާބިތުވެ އަދަބެއްގެ ގޮތުން ކޮންމެ މީހަކު 50 އަހަރަށް ޖަލަށް ލާން ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

އެ ދައުވާތަކުގެ އިތުރުން އަނަސް ހުސައިން އާއި އަސީލް މާހިރު ކެނެބިސް ބޭނުން ކުރިކަން ސާބިތުވެ އަދަބެއްގެ ގޮތުން ކޮންމެ މީހަކަށް އިތުރު ތިން އަހަރުގެ ޖަލު ހުކުމެއް ކޯޓުން އިއްވާފައިވެ އެވެ.

އަދި ބަނގުރާ ފުޅިތަކެއް ގެންގުޅެފައި ވާތީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރިކަމުގެ ކުށުގެ ދައުވާ ސާބިތުވެ ހައްމަދު ރިޔާދު އިތުރު 12 މަހާއި 12 ދުވަހަށް ޖަލުގައި ބެހެއްޓުމަށް ކޯޓުން ހުކުމް އިއްވާފައިވެ އެވެ.

ޖަންބޯ ދޯނިން ފެނުން މަސްތުވާތަކެތީގެ ވެރިޔާ ކަމަށް ފުލުހުން ތުހުމަތު ކުރީ ޝަހީބު އިބްރާހީމް އަށެވެ. އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ކަމަށް ތުހުމަތު ކުރެވިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް އިރާންގެ ބޯޓުގެ މައްސަލައާ ވެސް ގުޅުން އޮތް މީހެކެވެ. އެވެ.

މި މައްސަލައިގައި މީގެ ކުރިން ހައްޔަރުކޮށް ޝަރީއަތް ހިނގަމުން ދަނިކޮށް ޝަހީބު ވަނީ، އަޑުއެހުންތަކަށް ހާޒިރުވާން ޝަރުތުކޮށް، މީގެ ދެ އަހަރު ކުރިން ބަންދުން ދޫކޮށްލާފަ އެވެ.

މި ފަހަރު އޭނާ ހައްޔަރުކުރީ މި މައްސަލައިގެ އަޑުއެހުމަށް ހާޒިރުނުވެގެން ފުލުހުން އޭނާ ހޯދަމުން ދަނިކޮށް ފުލުހުންގެ މައި މަރުކަޒަށް ޝަހީބު އަމިއްލައަށް ހާޒިރުވުމުންނެވެ. ފުލުހުންގެ މައި މަރުކަޒަށް ގޮސް އަމިއްލައަށް ފުލުހުންނާ ޝަހީބު ހަވާލުވީ އޭނާގެ އަނބިމީހާ ފުލުހުން ހައްޔަރުކުރުމުންނެވެ.

އޭނާގެ އަންހެނުން، މ. ކަރާދުބުރިގެ އާއިޝަތު ވަހީދާ، 47، ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން އެދިގެން ނެރުނު ކޯޓު އަމުރުގައި ބުނެފައިވަނީ ވަހީދާ ހައްޔަރުކުރަން އެދުނީ ޝަހީބު ފިލައިގެން އުޅުމަށް އެހީތެރިވާ ކަމުގެ ތުހުމަތު ކުރެވޭތީ ކަމަށެވެ.

އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމާއި ހެކި ނައްތާލުން އަދި ހެކި ފޮރުވަން މަސައްކަތް ކޮށްފާނެ ކަމުގެ ތުހުމަތު ވެސް ފުލުހުން ވަހީދާގެ މައްޗަށް ކުރި އެވެ. މި ތުހުމަތުތަކަށް ބާރުދީ ފުލުހުން ހުށަހަޅާފައިވަނީ އިންޓެލިޖެންސް ރިޕޯޓެއް އެކަންޏެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ވަހީދާ ހައްޔަރުކުރަން ނިންމީ އެ ހިދުމަތުގެ އިންޓެލިޖެންސް ފެއިލްވެ، މިދިޔަ ހަފުތާ ތެރޭ ޝަހީބު ހޯދުމަށް ކުރި މަސައްކަތުގައި ކުރިއެރުމެއް ނުލިބުމުންނެވެ. އޭނާ ހޯދުމަށް ފުލުހުން ވަނީ މާލެ އާއި ހުޅުމާލޭގެ އެކި ތަންތަން ބަލައިފާސްކޮށްފަ އެވެ.