Advertisement

ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރަކަށް ދިރާގު

19 ސެޕްޓެންބަރު 2025 - 12:31 0


ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރަކަށް ދިރާގު

19 ސެޕްޓެންބަރު 2025 - 12:31 0

ރާއްޖޭގެ އެންމެ މަގުބޫލު، އެންމެ ވަރުގަދަ ފުޓްބޯޅަ ޓީމުތަކާއި ކުޅުންތެރިން ފެނިގެންދާނެ ފުޓްބޯޅަ މުބާރާތް، ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގައި 10 ޓީމު ބައިވެރި އެވެ. މެޗުތައް ކުރިއަށްދާނީ 18 ސެޕްޓެންބަރު 2025 އިން 5 ފެބްރުވަރީ 2026ގެ ނިޔަލަށް ގަލޮޅު ރަސްމީ ދަނޑުގަ އެވެ.

މުބާރާތުގައި ކުޅޭ ޓީމުތައް

  • މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ކްލަބް ވެލެންސިއާ
  • ވިކްޓްރީ ސްޕޯޓްސް ކްލަބް
  • ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް
  • ޔުނައިޓެޑް ވިކްޓްރީ
  • ކްލަބް އީގަލްސް
  • ޓީސީ ސްޕޯޓްސް ކްލަބް
  • ބުރު ސްޕޯޓްސް ކްލަބް
  • ކްލަބް ގްރީން ސްޓްރީޓްސް
  • އޮޑި ސްޕޯޓްސް ކްލަބް

"ދިރާގު ދިވެހި ޕްރިމިއާ ލީގު، ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ޕާޓްނަރަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ފުޓުބޯޅައަކީ ދިވެހީންގެ މެދުގައި އަބަދުވެސް އެންމެ މަގުބޫލު ކުޅިވަރުކަމުގައި ވީ ހިނދު، ފުޓްބޯޅައަށް އޮތް ލޯތްބާއި ފޯރި އަލުން އިޔާދަކުރުމަށާއި ކުޅުންތެރިން ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް" ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވިއެވެ.

އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު ވިދާޅުވީ ދިރާގަކީ ފެށުނީއްސުރެ ވެސް ދިވެހި ފުޓްބޯޅައިގެ ކުރިއެރުމުގެ މުހިންމު ބައިވެރިއެއް ކަމަށެވެ.

ދިރާގުން ދަނީ ރާއްޖޭގައި ކުޅިވަރު ތަރައްގީކުރުމަށާއި މުޖުތަމައުގެ ތެރޭގައި ހިންގާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، މި ފަދަ މުހިންމު ހަރަކާތްތަކަށް އެންމެ ކުރީ ސަފުގައި އެއްބާރުލުން ދެމުންނެވެ.