Advertisement

އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމްގެ އިވެންޓް ޕާޓްނަރަކަށް ތިންކް އެސޯސިއޭޓްސް

18 ސެޕްޓެންބަރު 2025 - 13:38 0


އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމްގެ އިވެންޓް ޕާޓްނަރަކަށް ތިންކް އެސޯސިއޭޓްސް

18 ސެޕްޓެންބަރު 2025 - 13:38 0

އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމްގެ އިވެންޓް ޕާޓްނަރަކަށް ތިންކް އެސޯސިއޭޓްސް ހަމަޖައްސައިފި އެވެ.

ތިންކް އެސޯސިއޭޓްސް އަކީ އިވެންޓް އޮގަނައިޒިންގައި ތަޖުރިބާކާރު ކުންފުންޔެކެވެ. އެމްއައިބީއިން ބުނީ ތިންކު ފަދަ ކުންފުންޔަކާއި ޕާޓްނާރ ވުމަކީ މި ސިމްޕޯސިއަމް ކާމިޔާބު ސިންޕޯސިއަމްއަކަށް ހެދުމަށް ލިބުނު އިތުރު ބާރެއް ކަމަށެވެ.

އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމްއަކީ ގެސްޓްހައުސްތަކާއި ގުޅުންހުރި ވިޔަފާރިތައް އެއް ފުރާޅެއްގެ ދަށުން ދިމާވެ، ސިނާއަތަށް ދިމާވެފައިވާ އެކި މައްސަލަތަކާއިމެދު މަޝްވަރާކުރުމާއި ގުޅުން ބަދަހި ކޮށްލުމުގެ ފުރުސަތު ދިނުމަށް ކުރިޔަށް ގެންދާ ސިމްޕޯސިއަމްއެކެވެ.

މި އަހަރުގެ ގެސްޓްހައުސް ސިމްޕޯސިއަމް އޮންނާނީ މި އަންނަ އޮކްޓޯބަރ މަހުގެ ދެވަނަ ދުވަހު ކްރޮސް ރޯޑްސް މޯލްޑިވްސްގަ އެވެ. މި އަހަރުގެ ސިމްޕޯސިއަމްއަމްގެ ޕާޓްނަރުންގެ ތެރޭގައި ގެސްޓްހައުސް އެސޯސިއޭޝަނާއި، ދިރާގުގެ އިތުރުން ކްރޮސްރޯޑް މޯލްޑިވްސް ހިމެނެ އެވެ. މި ސިމްޕޯސިއަމްގެ މީޑިޔާ ޕާޓްނަރަކީ އަދަދު ނޫހެވެ. އަދި ފޮޓޯގްރަފީ ޕާޓްނަރުގެ ގޮތުގައި އެލީސް ވަނީ ހަމަޖައްސާފަ އެވެ

މިދިޔަ އަހަރު އެންމެ ފުރަތަމަ ބޭއްވި އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމް ކޮންމެ އަހަރަކު ބާއްވަން ވަނީ ނިންމާފަ އެވެ.

އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމްއަކީ ގެސްޓްހައުސް ވިޔަފާރިތަކަށް އެއްފުރާޅެއްގެ ދަށުން ގިނަ ކަންކަމާއި މަޝްވަރާކޮށް ހައްލުތަކެއް ހޯދޭނެ ގޮތަށް ފަރުމާ ކުރެވިގެން ކުރިޔަށް ގެންދާ ސިމްޕޯސިއަމެކެވެ.

އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖް އިސްލާމިކް ބޭންކެވެ. އެބޭންކުން ދަނީ ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށް ރާއްޖޭގެ ބޭންކިން ނިޒާމަށް އިންގިލާބީ ބަދަލު ތަކެއް ގެންނަމުންނެވެ.