Advertisement

ހުޅުމާލެ ބީޗް ފްރަންޓުން 28 މިލިއަން ރުފިޔާގެ ބިމެއް ފަލާހު ގަނެފި

17 ސެޕްޓެންބަރު 2025 - 15:20 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު: އޭނާ ހުޅުމާލެއިން ގަނެފައިވަނީ 3،250 އަކަފޫޓުގެ ބިމެއް ---- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ހުޅުމާލެ ބީޗް ފްރަންޓުން 28 މިލިއަން ރުފިޔާގެ ބިމެއް ފަލާހު ގަނެފި

17 ސެޕްޓެންބަރު 2025 - 15:20 0

ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މި ފަހުން ހުޅުމާލެއިން ބީޗް ފްރަންޓް ބިމެއް ގަތީ 28،000،000 ރުފިޔާއަށް އަށްކަން އެނގިއްޖެ އެވެ.

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މި ބިމުގެ މިލްކުވެރިކަން ފަލާހުގެ ނަން މައްޗަށް ބަދަލުކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމް ކުރީ މިއަދު އެވެ.

އޭނާ ގަނެފައިވަނީ ހުޅުމާލެ ލޮޓް ނަމްބަރު 22173 ބިމެވެ. އެއީ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުގައި އޮންނަ 3،250 އަކަ ފޫޓުގެ ބިމެކެވެ. ބިމުގެ އަގެއްގެ ގޮތުން ފަލާހު ވަނީ އެޗްޑީސީއަށް ދައްކާފައިވަނީ 28,782,000 ރުފިޔާ އެވެ.

އެހެންކަމުން، އެޗްޑީސީން ފަލާހު އަށް މި ބިން ވިއްކާފައިވަނީ އަކަފޫޓެއް 8،856ރ. އަށެވެ.

ފަލާހު ހުޅުމާލެއިން 28 މިލިއަން ރުފިޔާއަށް ގަނެފައިވާ ބިން ---


މި ބިން ގަތްކަން ފަލާހު ވަނީ މި މަހު މަޖިލީހުގައި އިއުލާނު ވެސް ކުރައްވާފަ އެވެ. ފަލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މާލީ ބަޔާންތަކުގެ ވާހަކަ ބައެއް މީޑިއާތަކުގައި ރިޕޯޓު ކުރުމުން އޭނާ ވިދާޅުވީ، އޭނާގެ ނަމުގައި މިހާރު ހުރި ބިންތަކުގެ އިތުރުން އިންނަމާދޫއިން ތިން ބިމަކާއި ހުޅުމާލެއިން ބިމެއް ގަނެފައިވާނެ ކަމަށެވެ.

ނަމަވެސް އެ ބިންތަކުގެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކޮށް އަދި ނުނިމޭ ކަމަށް ފަލާހު ވިދާޅުވި އެވެ.

"އަދި އިންނަމާދޫ އިން ގަނެފަ ރަޖިސްޓްރީ ބަދަލުވުމުގެ މަރްހަލާގައި ތިން ގޯތި އެބަ އުޅޭ އަދި ހުޅުމާލެ އިން ގަތް ގޯތި ވެސް އުޅެނީ ރަޖިސްޓްރީ ބަދަލުކުރުމުގެ މަރުހަލާގައި. ވަރަށް ބެލިން މިފަހަރުގެ މާލީ ބަޔާނަށް ލެވޭ ވަރަށް ނިންމާލެވޭތޯ ނަމަވެސް ވާގޮތެއް ނުވި،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވި އެވެ.

މި ބިމުގެ އިތުރުން މިވަގުތު ފަލާހުގެ ނަމުގައި މިވަގުތު ހަތަރު ބިމެއް އެބަ އޮތެވެ. އެއީ ރ. އިންނަމާދޫ ފަލަކް، ފަތް، އަސުރުހިޔާ އަދި މާލެއިން ގަނެފައިވާ މ. އަސުރުކުރި އެވެ. މާލެއިން އޭނާ ގޯތި ގަތީ ހަތަރު މިލިއަން ރުފިޔާއަށް ކަމަށް ފަލާހު ބުނެ އެވެ.