Advertisement

ރޮނާލްޑޯގެ ވިސްނުން ފުރަތަމަ ވެސް ހުރީ ދުނިޔޭގެ އެއް ވަނަ އަށް

17 ސެޕްޓެންބަރު 2025 - 12:56 0


ރޮނާލްޑޯގެ ވިސްނުން ފުރަތަމަ ވެސް ހުރީ ދުނިޔޭގެ އެއް ވަނަ އަށް

17 ސެޕްޓެންބަރު 2025 - 12:56 0

އަމްސްޓެޑަމް، ނެދަލެންޑްސް (ސެޕްޓެމްބަރު 17) - މީގެ 22 ވަރަކަށް އަހަރު ކުރިން، މެންޗެސްޓާ ޔުނައިޓެޑާ ގުޅުނުއިރު ވެސް ކްރިސްޓިއާނޯ ރޮނާލްޑޯގެ ވިސްނުމުގައި ހުރީ ދުނިޔޭގެ އެއް ވަނަ ފުޓްބޯޅަ ކުޅުންތެރިޔާ އަށް ވުމަށް ކަމަށް އޭރު ރޮނާލްޑޯއާ އެކު، ޔުނައިޓެޑަށް ކުޅުނު ނެދަލެންޑްސްގެ ގޯލްކީޕަރު، އެޑްވިން ވަން ޑަ ސާ ބުނެފި އެވެ.

ރޮނާލްޑޯގެ އުމުރުން 18 އަހަރުގައި ޔުނައިޓެޑާ ގުޅުނީ 2003 ވަނަ އަހަރު 18 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. ޔުނައިޓެޑްގެ ލެޖެންޑަރީ ހަތް ނަމްބަރު ޖޯޒީގައި ޒުވާން އުމުރުގައި ކުޅެން ފެށި ރޮނާލްޑޯގެ ފޯކަސް އެންމެ ފުރަތަމަ ވެސް ހުރީ ވަރަށް ކުރިއަށް ކަމަށް ވެން ޑަ ސާ ވަނީ ބުނެފަ އެވެ.

"ކްރިސްޓިއާނޯ (ރޮނާލްޑޯ) ފެށިއިރު ވެސް ހުރީ ތަފާތު ވިސްނުމެއްގައި، ޕްރެކްޓިހުގެ ކުރިންނާއި ފަހުން ޖިމަށް ވަންނާނެ. އޭނަ އަބަދުވެސް އަހަރެން ގާތުގައި ބުނާނެ، "އެޑްވިން، އަހަރެން ދުނިޔޭގެ އެއް ވަނަ އަށް ވާނަން،" އަހަރެން ބުނަމުންދަން، މާ ބޮޑަށް ކަންކަން ނުކުރަން ވެސް، އެކަމަކު، އޭނަ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން ގޮސް މިހާރު އެ ހުރި ލެވަލްގައި އެ ހުރީ،" ގަޒެޓާޑެލޯ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ވެން ޑަ ސާ ބުންޏެވެ.

އުމުރުންް 40 އަހަރުގައި ވެސް ރޮނާލްޑޯ އެންމެ މަތީ ފަންތީގައި ފުޓްބޯޅަ އެ ކުޅޭ ސަބަބަކީ، ބަދަލުނުވި އޭނާގެ ކުޅިވަރުގެ އަހުލާގު ކަމަށް ވެން ޑަ ސާ ވަނީ ބުނެފަ އެވެ.