Advertisement

ލީވާން ބަންދުކޮށްފައި ހުރި ތަނެއް ބުނަން ފުލުހުން ދެކޮޅު ހަދަނީ

16 ސެޕްޓެންބަރު 2025 - 17:05 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު


ލީވާން ބަންދުކޮށްފައި ހުރި ތަނެއް ބުނަން ފުލުހުން ދެކޮޅު ހަދަނީ

16 ސެޕްޓެންބަރު 2025 - 17:05 0

"އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ފުލުހުން ހައްޔަރު ކުރުމަށްފަހު ގެންގޮސް ބަހައްޓާފައި ހުރި ތަނެއް ބުނަން ދެކޮޅު ހަދައިފި އެވެ.

ލީވާން މިއަދު ހައްޔަރު ކުރީ، މިނިވަން މީޑިއާ ނެތިކޮށްލާ ބިލާ ދެކޮޅަށް މުޒާހަރާ ކުރަމުން ދަނިކޮށް ރައްޔިތުންގެ މަޖިލިސް ގޭ ކައިރިންނެވެ. އޭނާ އަނިޔާވެރިކޮށް ހައްޔަރުކޮށްގެން ގެންދަނިކޮށް ފެންނަ ވީޑިއޯއެއް މި ނޫހަށް ވަނީ ލިބިފަ އެވެ.

ލީވާން ހުރި ތަނެއް ހޯދުމަށް މި ނޫހުގެ ވަކީލުން މެދުވެރިކޮށް މަސައްކަތް ކުރުމުން ވެސް ލީވާން ހުރި ތަނެއް ބުނަން ފުލުހުން ވަނީ ދެކޮޅު ހަދައިފަ އެވެ. އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން މަނާ ކަމެކެވެ.

މީޑިއާ ނެތިކޮށްލާ ބިލާ ދެކޮޅަށް އާންމުންނާއި ނޫސްވެރިން ދަނީ މިއަދު ހެނދުނުން ފެށިގެން މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ހާލަތާ އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްފަ އެވެ.

ފުލުހުން ވަނީ ބައެއް ނޫސްވެރިންގެ ބޮލަށް ކަކުލުން އަރައި، އަތް އަނބުރައި، އަންނައުނަށް ގެއްލުންދީފަ އެވެ. ބައެއް ނޫސްވެރިންގެ ހަށިގަނޑުން ވަނީ ލޭ އޮހޮރުވާލައިފަ އެވެ. ނޫސްވެރިން ތިބި ހިސާބަށް ވުރެ ފަހަތަށް ޖެއްސި ނަމަވެސް މުޒާހަރާ ދަނީ ކުރިއަށެވެ.

އެ ބިލުގެ ރިޕޯޓު މީގެ ކުޑަ އިރުކޮޅެއް ކުރިން ފާސް ކުރީ ރިޕޯޓު ކިޔާލުމަށް އިދިކޮޅު މެންބަރު މީކާއީލް އަހުމަދު ނަސީމަށް ފުރުސަތު ނުދީ އެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ފާސް ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ބިލާ ދެކޮޅަށް މަސައްކަތް ކުރާ ބައެއް ނޫސްވެރިންނަށް ވަނީ މަރުގެ އިންޒާރު ލިބިފަ އެވެ. އޭގެ ތެރޭގައި އަދަދު ނޫހުގެ އަހުމަދު އާއިދު އާއި މުހައްމަދު ޝަހުޒާން އާއި ދައުރު ނޫހުގެ އަހުމަދު ނާއިފް ހިމެނެ އެވެ.