Advertisement

ހުލާސާކޮށް އިއްޔެ: ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަން ކަފުން ކުރާތީ މިއަދު ހެނދުނު މުޒާހަރާ ކުރަނީ

16 ސެޕްޓެންބަރު 2025 - 06:30 0


ހުލާސާކޮށް އިއްޔެ: ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަން ކަފުން ކުރާތީ މިއަދު ހެނދުނު މުޒާހަރާ ކުރަނީ

16 ސެޕްޓެންބަރު 2025 - 06:30 0

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ފާސްކުރާތީ މިއަދު ހެނދުނު 8:30 އަށް މަޖިލިސް ދޮށަށް އެއްވާން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އާންމުންނަށް އިއްޔެ ގޮވައިލި އެވެ.

އެމްޖޭއޭއިން ވަނީ ނުރައްކާތެރި ބިލު ބޭރުކޮށްލަން ގޮވާލައި ޖަމިއްޔާ ޖަމާއަތްތަކާއި ޒުވާނުންގެ އިތުރުން ހުރިހާ އާންމުންނަށް ދައުވަތު ދީފަ އެވެ.

"[މިއަދު] ކޮންޓްރޯލް ބިލު ފާސްކޮށްފިނަމަ، މިނިވަން މީޑިއާ އާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ފަހުދުވަހަށްވުން ގާތް. އެގޮތުން މާދަމާ ޖަމިއްޔާ ޖަމާއަތްތަކާއި ޒުވާނުންގެ އިތުރުން އާންމު ހުރިހާ ރައްޔިތުން ބިލާ ދެކޮޅު ހެދުމަށް ގޮވާލަން،" އެމްޖޭއޭއިން އިއްޔެ ބުންޏެވެ.

ސަރުކާރުން އަޑީގައި އޮވެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ކޮމިޓީ މަރުހަލާގައި ކަންބޮޑުވުން ހިއްސާކުރަމުންދިޔަ ނޫސްވެރިން ކޮމިޓީން ނުކުތުމުން ސިއްރިއްޔާތުގައި ކޮމިޓީ ބާއްވައި ވަނީ ފާސްކޮށްފަ އެވެ.

އެ ބިލު އިއްޔެ ފާސްކުރީ ކޮމިޓީގައި އޮންނަ ޕީއެންސީގެ ސުޕަމެޖޯރިޓީގެ އިއްތިފާގުންނެވެ. ބިލުގެ ވޯޓަށް އެހުމުން ނޫސްވެރިން ނުރުހުން ފާޅުކުރީ މަޖިލީހަށް ހުށަހަޅާފައި އޮތް ޕެޓިޝަނަށް ރިއާޔަތްނުކޮށް ވޯޓަށް އަހާތީ އެވެ.

ޕެޓިޝަނުގައި ހުރި އެއްވެސް ކަމަކަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ސަބަބުން ހައްލެއް ނުލިބެ އެވެ. އިތުރަށް ބިލު ވަނީ ހަރުކަށި ކޮށްފަ އެވެ.

މިއަދު ހެނދުނު މަޖިލީސް ކައިރަށް އެމްޑީޕީން ވެސް އެއްވެ އެވެ.

މުހިއްމު ބައެއް ހަބަރު