Advertisement

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ފާސްކުރާތީ "ފަހު ދުވަސް" ނަމުގައި މާދަމާ ހެނދުނު މަޖިލިސް ދޮށަށް އެއްވަނީ

15 ސެޕްޓެންބަރު 2025 - 22:17 4

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ނޫސްވެރިން ކުރިއަށްގެންދިޔަ އިހުތިޖާޖެއްގެ ތެރެއިން -- ފޮޓޯ: އަދަދު


މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ފާސްކުރާތީ "ފަހު ދުވަސް" ނަމުގައި މާދަމާ ހެނދުނު މަޖިލިސް ދޮށަށް އެއްވަނީ

15 ސެޕްޓެންބަރު 2025 - 22:17 4

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ފާސްކުރަން މާދަމާއަށް އެޖެންޑާކުރާތީ ހެނދުނު 8:30 އަށް މަޖިލިސް ދޮށަށް އެއްވާން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އާންމުންނަށް ގޮވާލައިފި އެވެ.

އެމްޖޭއޭއިން ވަނީ ނުރައްކާތެރި ބިލު ބޭރުކޮށްލަން ގޮވާލައި ޖަމިއްޔާ ޖަމާއަތްތަކާއި ޒުވާނުންގެ އިތުރުން ހުރިހާ އާންމުންނަށް ދައުވަތު ދީފަ އެވެ.

"މާދަމާ ކޮންޓްރޯލް ބިލު ފާސްކޮށްފިނަމަ، މިނިވަން މީޑިއާ އާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ފަހުދުވަހަށްވުން ގާތް. އެގޮތުން މާދަމާ ޖަމިއްޔާ ޖަމާއަތްތަކާއި ޒުވާނުންގެ އިތުރުން އާންމު ހުރިހާ ރައްޔިތުން ބިލާ ދެކޮޅު ހެދުމަށް ގޮވާލަން،" އެމްޖޭއޭއިން ބުންޏެވެ.

ސަރުކާރުން އަޑީގައި އޮވެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ކޮމިޓީ މަރުހަލާގައި ކަންބޮޑުވުން ހިއްސާކުރަމުންދިޔަ ނޫސްވެރިން ކޮމިޓީން ނުކުތުމުން ސިއްރިއްޔާތުގައި ކޮމިޓީ ބާއްވައި ވަނީ ފާސްކޮށްފަ އެވެ.

އެ ބިލު ފާސްކުރީ ކޮމިޓީގައި އޮންނަ ޕީއެންސީގެ ސުޕަމެޖޯރިޓީގެ އިއްތިފާގުންނެވެ. މިއަދު ކޮމިޓީއަށް ބައެއް ބަދަލުތަކެއް ވެސް ގެނަ އެވެ. ބިލުގެ ވޯޓަށް އެހުމުން ނޫސްވެރިން ނުރުހުން ފާޅުކުރީ މަޖިލީހަށް ހުށަހަޅާފައި އޮތް ޕެޓިޝަނަށް ރިއާޔަތްނުކޮށް ވޯޓަށް އަހާތީ އެވެ.

ޕެޓިޝަނުގައި ހުރި އެއްވެސް ކަމަކަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ސަބަބުން ހައްލެއް ނުލިބެ އެވެ. އިތުރަށް ބިލު ވަނީ ހަރުކަށި ކޮށްފަ އެވެ.