12 ސެޕްޓެންބަރު 2025 - 22:29 1
ލީވާން އަލީ ނާސިރު
12 ސެޕްޓެންބަރު 2025 - 22:29 1
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނަގައިގެން "ހިޔާލާއި ފިކުރު ކަފުނަށް" ނަމުގައި މާދާމާ ރޭ 8:45 ގައި އާޓިފިޝަލް ބީޗުގައި ފޯރަމެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.
އެމްޖޭއޭއިން ބުނީ އެ ފޯރަމްގައި ހިޔާލާއި ފިކުރު ކަފުން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ހުރި ކަންބޮޑުވުންތައް ރައްޔިތުންނަށް ކިޔައިދީ އުފެދޭ ސުވާލުތަކަށް ވެސް ޖަވާބު ދިނުން އޮންނާނެ ކަމަށެވެ.
އޭގެއިތުރުން ބިލުގެ ސަބަބުން ރައްޔިތުންނަށް ކުރާ އަސަރުތައް ވެސް ފޯރަމްގެ ތެރެއިން ކިޔައިދޭނެ ކަމަށް އެމްޖޭއޭއިން ބުންޏެވެ.
ހިޔާލާއި ފިކުރު ކަފުނަށް ނަމުގައި އެމްޖޭއޭއިން ފޯރަމެއް ބާއްވަނީ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް" އާ ގުޅިގެން އާންމު އެތައް ރައްޔިތުންނަކާއި ނޫސްވެރިންގެ ކަންބޮޑުވުންތައް އޮތް ދަނޑިވަޅެއްގަ އެވެ.
އެ ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލަން 40 އަށްވުރެ ގިނަ މީޑިއާއިން 150 އަށްވުރެ ގިނަ ނޫސްވެރިން އަދި ބައިނަލްއަގުވާމީ ގިނަ ޖަމިއްޔާތަކުން ވެސް ވަނީ ގޮވާލާފަ އެވެ.
ނަމަވެސް ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން ބޭނުންވަނީ އެ ބިލު މަޖިލީހުން ފާސްކުރަން ކަމަށް މައުލޫމާތު ލިބެ އެވެ. އެގޮތުން ޕީއެންސީގެ މަޖިލިސް މެންބަރުން ދަނީ ސޯޝަލް މީޑިއާގައި އެ ބިލު ފާސްކުރަން ގޮވާލަމުންނެވެ.
Comment