12 ސެޕްޓެންބަރު 2025 - 14:04 0
ލީވާން އަލީ ނާސިރު
އެމްޖޭއޭގެ އައު ހިންގާ ކޮމިޓީ -- ފޮޓޯ: އަދަދު
12 ސެޕްޓެންބަރު 2025 - 14:04 0
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައީސަކަށް ދައުރު ނޫހުގެ އަހްމަދު ނާއިފް ހޮވުނުއިރު، ނައިބަކަށް އަދަދު ނޫހުގެ މުހައްމަދު ޝަހުޒާން ރޭ ހޮވިއްޖެ އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްގައި ބެއްވި އެމްޖޭއޭގެ އިންތިހާބުގައި ވޯޓުލި 42 މެންބަރުންގެ ތެރެއިން ރައީސްގެ މަގާމަށް ނާއިފް ހޮވަން ވޯޓުދިނީ 40 މެންބަރުންނެވެ. ނައިބަކަށް ޝަހުޒާން ހޮވަން ވޯޓުދިނީ 33 މެންބަރުންނެވެ.
އިންތިހާބުގައި އެމްޖޭއޭގެ ސެކެޓްރީ ޖެނެރަލްއަކަށް 31 ވޯޓުން ހޮވުނީ އެ އެސޯސިއޭޝިއަންގެ މިހާރުގެ ރައީސް ވަން އޮންލައިންގެ އަލީ ރިފްޝާން އެވެ. ބަޖެޓު ސެކެޓްރީއަކަށް ހޮވުނީ 37 ވޯޓާއެކު ދައުރު ނޫހުގެ މުހައްމަދު އުސާމް އެވެ.
އެމްޖޭއޭގެ އަންހެން ދެ މެންބަރުންނަށް ހޮވުނީ އެމްވީ ޕްލަސްގެ ނަޝާމާ މުހައްމަދު އަދި މާއްދާ ހަތަރެއްގެ މަރިޔަމް ޒަހާ ހޮވުނުއިރު، އާންމު މެންބަރަކަށް އިބްރާހިމް މާހިލް ވަނީ ހޮވިފަ އެވެ.
އެމްޖޭއޭގެ ދައުރަކީ ތިން އަހަރުގެ ދައުރެކެވެ. އެގޮތުން މިހާރުގެ އެކްސްކޯގެ ދައުރު އަންގާރަ ދުވަހު ހަމަވުމުން އަލަށް އިންތިހާބުވި އެކްސްކޯއިން އެމްޖޭއޭއާ ހަވާލުވާނެ އެވެ.
Comment