12 ސެޕްޓެންބަރު 2025 - 13:35 0
12 ސެޕްޓެންބަރު 2025 - 13:35 0
ލަންޑަން (ސެޕްޓެމްބަރު 12) - އޮސްޓްރޭލިއާގެ އަންޖް ޕޮސްޓެކޮގްލޫ އަށް ނޮޓިންހަމް ފޮރެސްޓްގެ ކޯޗުކަން ދިނީ ތަށި ހޯދާ ޓީމަކަށް އެ ކްލަބް ހެދުމުގެ އަމާޒުގައި ކަމަށް އެ ޓީމުން ބުނެފައިވާއިރު، އޭނާގެ އަމާޒުހުރީ ފުރަތަމަ ސީޒަނުގައި ވެސް އެކަން ހާސިލްކުރަން ކަމަށް ބުނެފި އެވެ.
ފޮރެސްޓުން ޕޮސްޓެކޮގްލޫ އެ ޓީމުގެ ކޯޗަކަށް ގެނައީ، 2027 ގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގަ އެވެ. ޕޮސްޓެކޮގްލޫ ވަނީ، ޓޮޓެންހަމާ ހަވާލުވެ، އޭނާ އަކީ އެ ހުންނަ ކްލަބެއްގައި ދެ ވަނަ ސީޒަނު ތަށި ހޯދާ ކޯޗެއް ކަމަށް ބުނެ، މިދިޔަ ސީޒަނުގައި، ޓޮޓެންހަމް އަށް 17 އަހަރަށް ފަހު ލިބުނު ފުރަތަމަ ތަށި ހޯދައިދީފަ އެވެ.
ސެލްޓިކާއި އޮސްޓްރޭލިއާގެ ކުރީގެ ކޯޗު، ޕޮސްޓެކޮގްލޫ، ފޮރެސްޓްގެ ކޯޗުގެ ގޮތުގައި މީޑިއާއާ ބައްދަލުކުރިއިރު، ތަށި ހޯދުމުގެ ސުވާލުތައް ވަނީ އަމާޒުވެފަ އެވެ.
"އަހަރެން ސެލްޓިކާ އެކު ފުރަތަމަ ސީޒަނުގައި ވެސް ދެ ތަށި ހޯދިން. ދެން އަހަރެން އެކަން މި ޓީމުގައި (ފޮރެސްޓްގައި) ހުރެ ވެސް ހާސިލްކުރަން ބޭނުން، އަބަދު ދެ ވަނަ ސީޒަނުގެ ވާހަަކަ ދެއްކޭނީ، ފުރަތަމަ ސީޒަނުގައި ވެސް ރަނގަޅު ކަންކަން ކޮށްގެން، ދެ ވަނަ ސީޒަނުގައި ތަށި ހޯދިޔަސް މަގާމު ޔަގީންނުވާކަން ވެސް އެބަ އެނގޭ،" މިދިޔަ ސީޒަނުގައި، ޓޮޓެންހަމަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްދިންތާ ދެ ހަފްތާ ތެރޭ، އެ ޓީމުން ވަކިކުރި ކޯޗު، ޕޮސްޓެކޮގްލޫ ބުންޏެވެ.
ޕޮސްޓެކޮގްލޫ ބުނީ ކޯޗިން ކެރިއަރުގައި މިހާތަނަށް އޭނާ ކުރި ކަމަކީ ތަށި ހޯދަން ކުރާ މަސައްކަތުގައި ކާމިޔާބު ހޯދުން ކަަމަށެވެ. އަދި، ފޮރެސްޓްގައި އޭނާއާ ހަވާލުކުރި މައިގަނޑު ޓާގެޓަކީ، "ތަށި ހޯދާ ޓީމަކަށް" އެ ކްލަބް ހެދުމަށް ކަމަށް ޕޮސްޓެކޮގްލޫ ވަނީ ބުނެފަ އެވެ.
ފޮރެސްޓްގެ ކޯޗުކަމުގެ މަގާމުން ސްޓީވް ކޫޕާ ވަކިކޮށް، ވުލްވްސް އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ ކުރީގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ، އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ، 2023 ވަނަ އަހަރުގެ ޑިސެމްބަރުގަ އެވެ. މިދިޔަ ޖޫން މަހު، ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ފޮރެސްޓާ އެކު، ނޫނޯ ސޮއި ކުރި ނަމަވެސް، އެ އަށް ފަސް މަސް ނުވަނިސް ވަނީ މަގާމުން ވަކިކޮށްފަ އެެވެ.
މިދިޔަ ސީޒަނުގެ ގަދަ ފަސް ޓީމު ތެރޭގައި، ހިމެނި ޗެމްޕިއަންސް ލީގަށް ކޮލިފައިނުވުމުން، މެޗަކަށް ފަހު، ފޮރެސްޓްގެ ވެރިޔާ، އެވަންޖެލޯސް މަރިނާކިސް އާއި ނޫނޯއާ ދަނޑުމަތީގައި ދެބަސްވުމެއް ހިނގި އެވެ. އޭގެ ފަހުން، މިދިޔަ މަހު ނޫނޯ ވަނީ އޭނާ އާއި މަރިނާކިސްގެ ގުޅުން ރަނގަޅު ނޫން ކަމަށް ބުނެފަ އެވެ. އަދި، އޭގެ ދެ ހަފްތާ ފަހުން ނޫނޯ އަށް މި ވަނީ އެ ޓީމުގެ ކޯޗުކަން ގެއްލިފަ އެވެ. ފޮރެސްޓްގެ ކޯޗަކަށް ހަމަޖެއްސި އާއި މަރިނާކިސް އަކީ ގާތް ދެ މީހުންނެވެ.
Comment