Advertisement

މޭވާ އާއި ތަރުކާރީގެ އިތުރުން މުގު، ބިސް, އަލުވި އެސްޓީއޯއިން ގަނޑުކޮށް ގެނެސް ވިއްކަން ފަށަނީ

10 ސެޕްޓެންބަރު 2025 - 18:10 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގެ ބާޒާރުމަތީ ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި ތަރުކާރީތަކެއް -- ފޮޓޯ: އަތޫފް އާތިފް


މޭވާ އާއި ތަރުކާރީގެ އިތުރުން މުގު، ބިސް, އަލުވި އެސްޓީއޯއިން ގަނޑުކޮށް ގެނެސް ވިއްކަން ފަށަނީ

10 ސެޕްޓެންބަރު 2025 - 18:10 2

ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށް ވިއްކާ މޭވާ އާއި ތަރުކާރީގެ އިތުރުން އާންމުކޮށް ބޭނުންކޮށް އުޅޭ ބައެއް ތަކެތި ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ގެނެސް ވިއްކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ދާދި ދެންމެއަކު އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް ގަނޑުކޮށް ގެނެސް ވިއްކަން ނިންމަވާފައި ވަނީ ދިވެހީން އެންމެ ގިނައިން ބޭނުންކޮށް އުޅޭ ބާވަތްތައް ކަމަށެވެ.

"ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު މިއަދު ނިންމާފައިވާ ވާހަކަ ދަންނަވަން،" މުއިއްޒު ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

އެ ނިންމެވުން ނިންމެވީ ދިވެހިރާއްޖޭގެ ފުޑް ސެކިއުރިޓީ ގާއިމު ކުރުމަށް ކަނޑައެޅުއްވި ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ކަމަށް މުއިއްޒުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

އެސްޓީއޯއިން މީގެ ކުރިން ކާބޯތަކެތީގެ ތެރެއިން ރާއްޖެއަށް އެތެރެކޮށް ވިއްކަމުން ދިޔައީ ހަނޑޫ، ހަކުރު އަދި ފުށެވެ. ނަމަވެސް ރޯދަ މަހަށް ހާއްސަކޮށް އެ ކުންފުނިން ބައެއް ބާވަތްތަކުގެ ތަރުކާރީ އާދި އެ ނޫން ވެސް ބައެއް ކާބޯތަކެތީގެ ބާވަތްތައް ރާއްޖެއަށް ގެނެސް ވިއްކަ އެވެ.

މިއީ މިގޮތަށް އާންމުން ކުރާ މިފަދަ ވިޔަފާރިއެއްގެ ތެރެއަށް އެސްޓީއޯއިން ވަން ފުރަތަމަ ފަހަރެވެ. މި ބަދަލާއެކު ރާއްޖެއަށް ކާބޯތަކެތި އެތެރެކޮށް ވިއްކާ އަމިއްލަ ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ބެލެވެ އެވެ.