Advertisement

އިޓަލިއަން ގްރޯން ޕްރީގެ އެއް ވަނަ ވަސްޓަޕެން އަށް

10 ސެޕްޓެންބަރު 2025 - 17:20 0

އަރުޝަމް އަބްދުالله

އަރުޝަމް އަބްދުالله


އިޓަލިއަން ގްރޯން ޕްރީގެ އެއް ވަނަ ވަސްޓަޕެން އަށް

10 ސެޕްޓެންބަރު 2025 - 17:20 0

މޮންޒާ, އިޓަލީ (ސެޕްޓެމްބަރު 10) - މި އަހަރުގެ އިޓަލިއަން ގްރޯން ޕްރީގެ އެއް ވަނަ ރެޑްބުލްސްގެ މެކްސް ވަސްޓަޕެން ހޯދައިފި އެވެ.

މި އަހަރުގެ އިޓަލީ ގްރޭންޑް ޕްރީ ކުރިއަށް ގޮސްފައި ވަނީ ސެޕްޓެމްބަރ 7 ވަނަ ދުވަހު، އިޓަލީގެ މޮންޒާގައެވެ. މިއީ ކާރުތައް އެ ޓްރެކްގައި ދުއްވާ ބާރު ދުވެލީގެ ސަބަބުން, "ޓެމްޕަލް އޮފް ސްޕީޑް" ގެ ނަމުން މަޝްހޫރުވެފައިވާ ރޭސިން ޓްރެކް އެކެވެ.

މި އަހަރުގެ އިޓަލިއަން ގްރޯން ޕްރީ އަކީ ވަރަށް ފޯރި ގަދަ އަދި ތާރީހީ ރޭހެކެވެ. މި ރޭހުގައި ވަސްޓަޕަން ވަނީ ފޯމިއުލާ 1 ތާރީހުގައި އެންމެ ބާރަށް ދުއްވާ, ރޭސް ނިންމުމުގެ ރެކޯޑު ހަދާފަ އެވެ. އޭނާ ރޭސް ނިންމާފައި ވަނީ 1 ގަޑިއިރާއި 13 މިނެޓުންނެވެ.

ރޭހުގެ ދެވަނަ މެކްލަރެންގެ ލޭންޑޯ ނޯރިސް އަށް ލިބުނު އިރު, އޭނާގެ ޓީމު މެމްބަރު އޮސްކާ ޕިއަސްޓްރީ އަށް ލިބިފައިވަނީ ރޭހުގެ ތިން ވަނަ އެވެ. މެކްލަރެން އަށް ޕިޓް ސްޓޮޕްގައި ކުޑަ މައްސަލައެއް ދިމާވެ، އެ ޓީމަށް ރޭހުގެ ސްޓްރެޓަޖީ ބަދަލުކުރަން ޖެހުނު ނަމަވެސް، ދެ ޑްރައިވަރުން ވެސް ވަނީ ރޭހަށް ފަހު ޕޯޑިއަމް އިން ޖާގަ ހޯދައިފަ އެވެ.

ފެރާރީގެ ޗާލްސް ލެކްލާކް ހަތަރު ވަނަ އަށް ރޭސް ނިންމި އިރު، މަސެޑީޒްގެ ޖޯޖް ރަސެލް އަށް ލިބުނީ ރޭހުގެ ފަސް ވަނަ އެވެ. އަދި ފެރާރީގެ ލުއިސް ހެމިލްޓަން ރޭސް ނިންމާފައިވަނީ ހަ ވަނަ އަށެވެ.

މި އަހަރުގެ އިޓަލީ ގްރޭންޑް ޕްރީ ހާއްސަވާ އަނެއް ސަބަބަކީ މި ރޭހަކީ މިހާތަނަށް މޮންޒާގައި މިހާތަނަށް ރެކޯޑް ކުރެވުނު އެވްރެޖް ސްޕީޑްތަކުގެ ތެރެއިން އެންމެ ބާރު ސްޕީޑުގައި ކާރުތައް ދުއްވާފައިވާ ރޭހެވެ. ބައެއް ލެޕްތަކުގައި ސްޕީޑް ގަޑިއަކު 257 ކިލޯމީޓަރަށްވުރެ މަތިވި ކަމަށް ރެކޯޑު ކުރެވިފަ ވެ އެވެ.

އިޓަލިއަން ގްރޯން ޕްރީ އަށް ފަހު, ޓީމުތަކުގެ ތާވަލުގެ އެއް ވަނައިގައި 617 ޕޮއިންޓާ އެކު އޮތީ މެކްލާރެން އެވެ. އަދި، 280 ޕޮއިންޓާ އެކު ދެ ވަނައިގަ ފެރާރީ އޮތް އިރު, 240 ޕޮއިންޓާ އެކު ތިން ވަނައިގަ އޮތީ މަސެޑީޒް އެވެ.