about 2 hours 0
about 2 hours 0
ޓަޝްކެންޓް، އުޒްބެކިސްތާން (ޑިސެމްބަރު 13) - ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ މަހުޖަނު، ބެން ސުލަޔެމް، ފެޑެރޭޝަން ޑި އިންޓަނޭޝަނަލް އޮޓޯމޮބައިލް (އެފްއައިއޭ)ގެ ރައީސްކަމުގައި އިތުރު ދައުރަކަށް ވަނީ އިންތިހާބުވެއްޖެ އެވެ.
އުޒްބެކިސްތާންގެ ޓަަޝްކެންޓްގައި އިއްޔެ ކުރިއަށްދިޔަ، އިންތިހާބުގައި، ބެން ސުލަޔެމް، 64، އިތުރު ހަތަރު އަހަރުގެ ދައުރަކަށް އެފްއައިއޭގެ ރައީސަކަށް އިންތިހާބުވީ، ވާދަކުރާނެ އިތުރު ކެންޑިޑޭޓަކު ނެތި އެވެ. ބެން ސުލަޔެމް އަށް އިންތިހާބުގައި، 91.51 ޕަސެންޓް ވޯޓު ލިބުނުއިރު، އޭނާ އަށް ތާއީީދުނުކުރަން، 8.5 ޕަސެންޓް މީހުން ވަނީ ނިންމައިފަ އެވެ.
ބެން ސުލަޔެމްގެ ދެ ވަނަ ދައުރު ހަމަވާނީ، 2029 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
މީގެ 20 އަހަރު ކުރިން، ޔޫއޭއީގެ މޮޓޯސްޕޯޓްސް އެސޯސިއޭޝަންގެ ރައީސަކަށް، 2005 ވަނަ އަހަރު އިންތިހާބުވި، ބެން ސުލަޔެމް، އެންމެ ފުރަތަމަ އެފްއައިއޭގެ ރައީސްގެ މަގާމަށް އިންތިހާބުވީ، 2021 ވަނަ އަހަރު އެވެ. އެއީ، 2009 އިން ފެށިގެން އެފްއައިއޭގެ ރައީސްކަން ކުރައްވަމުން އައި، ފްރާންސްގެ ޖީން ޓޮޑްއާ ވާދަކުރައްވައިގެންނެވެ.
ބެން ސުލަޔެމްގެ ލީޑަޝިޕާ ގުޅޭ ކޮރަޕްޝަންގެ މައްސަަލައެއް، ފްރާންސްގެ ކޯޓެއްގައި ކުރިއަށްދާއިރު، މި ފަހަރުގެ އިންތިހާބުގައި އޭނާއާ ވާދަކުރަން ޔޫރަޕާއި ދެކުނު އެފްރިކާ އިން ޓީމެއް މަސައްކަތް ފެށި އެވެ. އެކަމަކު، އިދިކޮޅަށް ނުކުންނަން އޮތް ޓީމަށް، ޝަރުތުހަމަވާ ވަރަށް ހިންގާ ކޮމިޓީގެ ޓީމަށް މެމްބަރުން ހަމަނުކުރެވި، އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ފަހަނައަޅައި ދިޔައީ އެވެ.
Comment