Advertisement

އެމްޑީޕީން ފިނޭންސް މިނިސްޓްރީ ކައިރީގައި އިހުތިޖާޖުކުރަނީ

8 ސެޕްޓެންބަރު 2025 - 11:41 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޑީޕީން ފިނޭންސް މިނިސްޓްރީ ކައިރީގައި ކުރާ އިހުތިޖާޖުގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އެމްޑީޕީން ފިނޭންސް މިނިސްޓްރީ ކައިރީގައި އިހުތިޖާޖުކުރަނީ

8 ސެޕްޓެންބަރު 2025 - 11:41 0

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ފިނޭންސް މިނިސްޓްރީ ކައިރީގައި މިއަދު އިހުތިޖާޖުކުރަން ފަށައިފި އެވެ.

އިހުތިޖާޖުގެ ބައިވެރިން ހިފައިގެން ތިބި ޕޯސްޓަރުތަކުގައި ލިޔެފައިވަނީ ދައުލަތުގެ ހަޒާނާ އެއްކޮށް ލޫޓުވާލާފައިވާ ކަމަށާއި ގައުމަށް ވަންނަ ޑޮލަރު ވެސް ލޫޓުވާފައިވާ ކަމަށެވެ.

އަމިއްލަ ވިޔަފާރިތައް ފުނޑާނުލައި ސަރުކާރުން އެ ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާތައް ވީހާވެސް އަވަހަށް ދޫކުރުމަށް ވެސް އެމްޑީޕީން ދަނީ ގޮވާލަމުންނެވެ.

އިހުތިޖާޖުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުންނާއި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުންގެ އިތުރުން އާންމުން ވެސް ދަނީ ބައިވެރިވަމުންނެވެ.

އެމްޑީޕީން ފިނޭންސް މިނިސްޓްރީ ކައިރީގައި ކުރާ އިހުތިޖާޖުގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތައް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިގުޅައިގަނެ ރައްޔިތުންނަށް ހިޔާނާތްތެރިވަމުން ދާތީ އެކަމާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ކުރުމަށް އެމްޑީޕީން މިދިޔަ ހަފްތާގައި ވަނީ ނިންމާފަ އެވެ.

އެގޮތުން އޮކްޓޯބަރު 3، ގައި އެމްޑީޕީން މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވާނެކަން ވަނީ އިއުލާންކޮށްފަ އެވެ. އެ ޕާޓީން ވަނީ މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ޕިކަޕް ޖަލްސާއެއް ވެސް ބާއްވާފަ އެވެ.