8 ސެޕްޓެންބަރު 2025 - 09:37 0
ލީވާން އަލީ ނާސިރު
ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމަށް އައްޔަން ކުރަން ޖޭއެސްސީން ނިންމާފައިވާ ފަނޑިޔާރު މުހައްމަދު ފައިސަލް
8 ސެޕްޓެންބަރު 2025 - 09:37 0
ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމަށް އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ހަމަޖެއްސުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމިތާ ފަސް މަސް ވުމަށް ގާތްވެފައި ވާއިރު ވެސް، އޭނާ އެ މަގާމަށް އަދިވެސް އައްޔަން ނުކުރެ އެވެ.
ވަގުތީ ގޮތުން ހައިކޯޓު ހިންގަވަމުން ގެންދަވާ ފައިސަލް، އެ ކޯޓުގެ އިސްފަނޑިޔާރުގެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ޖޭއެސްސީން ނިންމީ އޭޕްރީލް 17، 2025 ގަ އެވެ.
ހައިކޯޓުގެ އިސްފަނޑިޔާރު އައްޔަންކޮށް، ފަތްކޮޅު ހަވާލު ކުރާނީ ޖޭއެސްސީންނެވެ. ނަމަވެސް އެކަން ލަސްކުރަމުން ދަނީ ކީއްވެގެން ކަމެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ފައިސަލް އައްޔަން ކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ޖުލައި 24، 2018 ގައެވެ.
ފަނޑިޔާރަކަށް ވެވަޑައިގަތުމުގެ ކުރިން ޖޭއެސްސީގެ މެންބަރުކަމުގައި ވެސް ފައިސަލް ހުންނެވި އެވެ. އަދި އެ ކޮމިޝަންގެ ނައިބުރައީސްކަން ވެސް އޭނާ އަދާކުރެއްވި އެވެ.
ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަނޑިޔާރު ފަނޑިޔާރު ހުސެއިން ޝަހީދު ސުޕްރީމް ކޯޓަށް އައްޔަން ކުރުމުންނެވެ.
Comment