Advertisement

ސިއޭޓަލް ކޯޗު މޫނަށް ކުޅުޖެހުނީތީ ހިތާމަކުރާ ކަމަށް ސުއަރޭޒް ބުނެފި

5 ސެޕްޓެންބަރު 2025 - 13:32 0


ސިއޭޓަލް ކޯޗު މޫނަށް ކުޅުޖެހުނީތީ ހިތާމަކުރާ ކަމަށް ސުއަރޭޒް ބުނެފި

5 ސެޕްޓެންބަރު 2025 - 13:32 0

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 5) - ލީގްސް ކަޕް ފައިނަލުގައި، ސިއޭޓަލް ސައުންޑާސް އަތުން 3-0 އިން ބަލިވި މެޗަށް ފަހު، ހިނގި ހަމަނުޖެހުންތެރޭގައި ކަންތައްތައް ކުރެވުނު ގޮތުން، އިންޓަ މިއާމީގެ ފޯވާޑް ލުއިސް ސުއަރޭޒް ހިތާމަކުރާ ކަމަށް ބުނެފި އެވެ.

ލީގްސް ކަޕް ފައިނަލަށް ފަހު ހިނގި މާރާމާރީގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު، އޭގެއިން ފެންނަ ގޮތުގައި ދެ ޓީމުގެ ގިނަ ކުޅުންތެރިން މާރާމާރީ ހިންގަ އެވެ. އޭގެ ތެރެއިން، އިންޓަ މިއާމީގެ ފޯވާޑް، ލުއިސް ސުއަރޭޒް ވަނީ ސިއޭޓަލްގެ އޮފިޝަލެއްގެ މޫނަށް ކުޅު ޖަހައިފަ އެވެ. އަދި، އިންޓަ މިއާމީގެ ބިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ކުޅުންތެރިއެއް ގައިގައި ޖަހާ މަންޒަރު ވެސް ފެނެ އެވެ.

މި މައްސަލަތައް މިހާރު އެމްއެލްއެސްގެ ޑިސިޕްލިނަރީ ކޮމިޓީން ބަލަން ފަށާފައިވާއިރު، ސުއަރޭޒް، 38، އަކީ މި ކަމުގައި އަދަބު ލިބުމުގެ ފުރުސަތު ބޮޑު ކުޅުންތެރިއެކެވެ.

ސޯޝަލް މީޑިއާގައި ސުއަރޭޒް ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މެޗަށް ފަހު އެ ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި އޭނާ އަށް ކުރަން ނުޖެހޭ ކަންތައްތަކެއް ކުރެވުނު ކަމަށާއި އެއީ އެއްގޮތަކަށް ވެސް ވެގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި، އޭނާ އަށް ކުރެވުނު ކަންތައްތައް ދިފާއުކުރަން ބޭނުންނުވާ ކަމަށާއި އެކަންކަމާ ހިތާމަކުރާ ކަމަށް ސުއަރޭޒް ވަނީ ބުނެފަ އެވެ.

ކުރިން އަޔަކްސް، ބާސެލޯނާ އަދި ލިވަޕޫލަށް ކުޅެފައިވާ ސުއަރޭޒަކީ އަހުލާގީ އެކި މައްސަލަތައް ކެރިއަރުގައި ކުރިމަތިވި ކުޅުންތެރިއެކެވެ. އެ ގޮތުން އިދިކޮޅު ކުޅުންތެރިއަކު ގައިގައި ދަތް އެޅުމުގެ ތިން މައްސަލައެއްގައި ސުއަރޭޒަށް ފިޔަވަޅު އެޅި އެވެ. އެއީ، އުރުގުއޭ ގައުމީ ޓީމާއި ލިވަޕޫލް އަދި އަޔަކްސްގަ އެވެ. އަދި، ލިވަޕޫލަށް ކުޅެމުން، އޭރު މެންޗެސްޓާ ޔުނައިޓެޑްގެ ޕެޓްރިސް އެވްރާ އަށް ނަސްލީ ގޮތުން ސުއަރޭޒް ދިމާކުރި މައްސަލައެއްގައި، އަށް މެޗުގެ ސަސްޕެންޝަނެއް އަ އެވެ.

މި ސީޒަނުގެ ނިޔަލަށް މިއާމީއާ އެކު ކޮންޓްރެކްޓް ހަދާފައި އޮތް ސުއަރޭޒް ވަނީ، އެ ކްލަބްގައި އަދި މަޑުކުރަން ބޭނުންވާ ކަމަށް ދާދި ފަހުން ބުނެފަ އެވެ. އެކަމަކު، އެންމެ ފަހުން މި ހިނގި މައްސަލައިގައި ކަންކަން އަންނަ ގޮތަކުން، ސުއަރޭޒަށް މިއާމީން އިތުރު ކޮންޓްރެކްޓެއް ނުދިނުމުގެ ފުރުސަތު އެބައޮތެވެ.