Advertisement

ރޮނާލްޑޯ ޖޫނިއާ އަށް ފަސް ގައުމަކަށް ކުޅުމުގެ ފުރުސަތު އެބައޮތް

5 ސެޕްޓެންބަރު 2025 - 06:46 1


ރޮނާލްޑޯ ޖޫނިއާ އަށް ފަސް ގައުމަކަށް ކުޅުމުގެ ފުރުސަތު އެބައޮތް

5 ސެޕްޓެންބަރު 2025 - 06:46 1

ރިޔާދު، ސައުދީ އަރަބިއްޔާ (ސެޕްޓެމްބަރު 5) - ކްރިސްޓިއާނޯ ރޮނާލްޑޯގެ ދޮށީ ދަރިފުޅު، އުމުުރުން 15 އަހަރުގެ ރޮނާލްޑޯ ޖޫނިއާ އަށް ސީނިއާ ލެވަލްގައި ފަސް ގައުމެއްގެ ތެރެއިން ބޭނުން ޓީމަކަށް ކުޅުމުގެ ފުރުސަތު އެބައޮތެވެ.

ރޮނާލްޑޯ ޖޫނިއާ މި ވަގުތު ކުޅެމުން އަންނަނީ އޭނާގެ ބައްޕަ ކުޅެމުން އަންނަ އަލް ނަސްރުގެ ޔޫތު ޓީމަށެވެ. އެ ގޮތުން، އަލް ނަސްރުގެ 15 އަހަރުން ދަށުގެ ޓީމަށް ކުޅޭ ރޮނާލްޑޯ ޖޫނިއާ، އެ އުމުރުފުރާގައި ޕޯޗުގަލް ގައުމީ ޓީމަށް ވެސް އަންނަނީ ކުޅެމުންނެވެ.

އެކަމަކު، ފީފާގެ އުސޫލުތަކާއި އެކި ގައުމުތަކުގައި ރަށްވެހިކަން ލިބޭ ގާނޫނުތަކަށް ބަލާއިރު، ފަސް ގައުމެއްގެ ތެރެއިން ބޭނުން ގައުމެއް ތަމްސީލްކުރުމުގެ ފުރުސަތު ރޮނާލްޑޯ ޖޫނިއާ އަށް އެބައޮތެެވެ. އެ ގޮތުން، މި ވަގުތު ކުޅެމުން އަންނަ ޕޯޗުގަލްގެ ސީނިއާ ޓީމަށް ކުޅެން މި ވަގުތު ވެސް ރޮނާލްޑޯ ޖޫނިއާ އަށް ނިންމިދާނެ އެވެ.


އޭގެ އިތުރުން، އޭނާ އުފަންވެފައިވަނީ، އެމެރިކާގެ ކެލިފޯނިއާ އަށް ކަމަށްވާއިރު، އެ ގައުމުގެ ރަށްވެހިކަން ހޯދައި، އެ ޓީމަށް ކުޅުމުގެ ފުރުސަތު އެބައޮތެވެ. ސްޕެއިން ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު، ރޮނާލްޑޯ ޖޫނިއާ އަށް ހުޅުވިފައި އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ، ރެއާލް މެޑްރިޑަށް ކުޅުނުއިރު، ސްޕެއިނުގައި ތިން އަހަރަށް ވުރެން ދިގު މުއްދަތެއްގައި އުޅެފައިވާތީ، އެ ގައުމުގެ ރަށްވެހިކަން ހޯދައިގެންނެވެ.

އިންގްލެންޑް ގައުމީ ޓީމަށް ކުޅެން ނިންމުމުގެ އިހުތިޔާރު، ރޮނާލްޑޯ ޖޫނިއާ އަށް އޮތީ 2021-2023 އަށް މެންޗެސްޓާ ޔުނައިޓެޑަށް ރޮނާލްޑޯ ކުޅުނުއިރު، އެ ގައުމުގެ ގްރާސްރޫޓު ލެވަލްގައި ކުޅެ، އެ ގައުމުގެ ރަށްވެއްސަކަށް ވުމަށް ހުށަހަޅައި ކަންކަން ފުރިހަމަކުރެވޭނެތީ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯގެ މަންމަ، މާރިއާ ޑޮލޯރެސް އުފަންވެފައިވަނީ، ކޭޕް ވާޑް އަށް ކަމަށްވާތީވެ، އެ ގޮތުން، ރޮނާލްޑޯ ޖޫނިއާ އަށް، އެ ގައުމުގެ ދަރިފަސްކޮޅަށް ނިސްބަތްވާތީ، ކޭޕް ވާޑް އަށް ކުޅެން ވެސް ނިންމުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.