4 ސެޕްޓެންބަރު 2025 - 10:53 0
މުހައްމަދު ޝަހްޒާން
ކުޅުދުއްފުށި ސިޓީގެ މަތިން ފެންނަ ފޮޓޯއެއް --
4 ސެޕްޓެންބަރު 2025 - 10:53 0
ހދ. ކުޅުދުއްފުށި ސިޓީގެ ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްލޭނެއް ހެދުމަށް ބޭނުންވާ ކޮންސަލްޓެންސީގެ ހިދުމަތް ހޯދަން އިއުލާނު ކޮށްފި އެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ އިއުލާނާ ގުޅިގެން އެއްވެސް ސުވާލެއް އޮތް ނަމަ ސެޕްޓެމްބަރު 16، ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.
އެ ސިޓީގެ ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްލޭނެއް ހެދުމަށް ބޭނުންވާ ކޮންސަލްޓެންސީގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ސެޕްޓެމްބަރު 17، ވާ ބުދަ ދުވަހުގެ 10:30 ގެ ކުރިން ރެޖިސްޓްރީވުމަށްފަހު ޖެހިގެން އަންނަ ސެޕްޓެމްބަރު، 18، ގެ 10:30 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމަށް އެ އިއުލާނުގައި އެދިފައިވެ އެވެ.
އެ ބިޑުގައި ރެޖިސްޓްރީ ވެވެނީ އެކަމަށް ހާއްސަ ފޯމެއް މެދުވެރިކޮށެވެ. އެ މަސައްކަތާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓު ކޮޕީ ފޯމެޓުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް އެ ކައުންސިލުން ކުރި އިއުލާނުގައި ބުންޏެވެ.
ކުޅުދުއްފުށި ސިޓީގެ ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްލޭނެއް ހެދުމަށް ބޭނުންވާ ކޮންސަލްޓެންސީގެ ހިދުމަތް ފޯރުކޮށްދެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ރެޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށް އެކަނި ކަމަށް އެ އިއުލާނުގައި ބުންޏެވެ.
Comment