2 ސެޕްޓެންބަރު 2025 - 11:39 0
ލީވާން އަލީ ނާސިރު
2 ސެޕްޓެންބަރު 2025 - 11:39 0
ޓްރީ ޓޮޕް ހޮސްޕިޓަލުން އަންނަ ހަފްތާގައި 45 އަހަރުން މަތީގެ މީހުންނަށް ހިލޭ ލޮލުގެ ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
ޓްރީ ޓޮޕުން ބުނީ ސެޕްޓެމްބަރު 7، އިން 13، ގެ ނިޔަލަށް ހިލޭ ލޮލުގެ ޑޮކްޓަރަށް ދެއްކުމަށް އެ ހޮސްޕިޓަލުން ކުރިއަށްގެންދަން ނިންމާފައި ވަނީ "ކެޓަރެކްޓް ކޭމްޕޭން" އެއް ކަމަށެވެ.
އެ ކެމްޕެއިނުގައި ދިވެހިންނާއި ބިދޭސީންގެ އިތުރުން ފަތުރުވެރިންނަށް ވެސް ބައިވެރިވެވެ އެވެ. އެގޮތުން ކެމްޕެއިނުގެ މުއްދަތުގައި ކޮންމެ ދުވަހެއްގެ މެންދުރު 2:00 އިން ފެށިގެން ހަވީރު 5:30 އަށް ކޮންސަލްޓޭޝަން ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.
ކެމްޕެއިނުގެ ދަށުން ހިދުމަތް ހޯދާ މީހުންނަށް އިންޝުއަރެންސް އަދި އާސަންދަ ފިޔަވައި އިތުރު އެއްވެސް ހަރަދަކާ ނުލައި ޑޮކްޓަރަށް ދައްކައި ލޮލުގެ ސްކްރީނިން ހެދެ އެވެ.
ޑޮކްޓަރަށް ދެއްކުމަށް ގޫގުލް ފޯމް މެދުވެރިކޮށް ޖެހެނީ ރަޖިސްޓްރީ ކުރާށެވެ. ނަމަވެސް އެޕޮއިންޓްމަންޓް ނުހަދާ ނުވަތަ "ވޯކްއިން" އޮޕޮއިންޓްމަންޓްތައް ވެސް ޖާގަ އޮތް މިންވަރަކުން ބަލައިގަންނަން ޓްރީ ޓޮޕުން ވަނީ ނިންމާފަ އެވެ.
ނަވެސް ކެމްޕެއިނުގެ ދަށުން، ޑޮކްޓަރަށް ދެއްކުމާއި ސްކްރީނިންގް ފިޔަވައި އެހެނިހެން ޓެސްޓްތަކާއި ފަރުވާގެ ހަރަދުތައް ދައްކަން ޖެހޭނީ އާންމު އުސޫލުން ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.
ކެމްޕެއިނާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 3351630 ނަންބަރަށް ގުޅުމަށް ނުވަތަ [email protected] އަށް މެއިލް ކުރުމަށް ޓްރީ ޓޮޕުން އެދެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު ސޫލުތަކާއި ހިދުމަތްތައް ތައާރަފްކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާން ޖެހޭ ސަބަބު މަދުކުރުމެވެ.
Comment