Advertisement

ފަސް ގައުމަކުން ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފި

1 ސެޕްޓެންބަރު 2025 - 12:30 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރާއްޖެއަށް އައި ޓޫރިސްޓުންތަކެއް މަތިންދާބޯޓުން ފައިބަނީ --- ފޮޓޯ: އެމްއޭސީއެލް


ފަސް ގައުމަކުން ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފި

1 ސެޕްޓެންބަރު 2025 - 12:30 0

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ފަސް ގައުމަކުން އެއް ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތް ކުރީ ޗައިނާ ފަތުރުވެރިންނެވެ. ދެން އެންމެ ގިނައީ ރަޝިޔާ، އިނގިރޭސިވިލާތް، އިޓަލީ އަދި ޖަރުމަނުންނެވެ. ރާއްޖެއަށް އެންމެ ގިނައިން މީގެ ކުރިން ޓޫރިސްޓުން އަންނަ އެއް ގައުމު ކަމަށްވާ އަވަށްޓެރި އިންޑިއާއިން އަދި ލައްކައެއް ހަމައެއް ނުވެ އެވެ. އެ ގައުމު އޮތީ ލިސްޓުގެ ހަވަނައިގަ އެވެ.

އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތައް

  1. ޗައިނާ - 235،245
  2. ރަޝިއާ - 177،581
  3. އިނގިރޭސިވިލާތް - 134،114
  4. އިޓަލީ - 106،230
  5. ޖަރުމަނުވިލާތް - 102،496
  6. އިންޑިއާ - 86،045
  7. އެމެރިކާ - 43،560
  8. ފްރާންސް - 40،979
  9. ސްޕެއިން - 34،132
  10. އޮސްޓްރޭލިއާ - 27، 122

މި ނިމުނު އޮގަސްޓު މަހަކީ މިދިޔަ ތިން އަހަރުގެ ތެރޭ އެންމެ ގިނައި ޓޫރިސްޓުން ޒިޔާރަތްކުރި އޮގަސްޓު މަހެވެ. މި އަހަރު ހިމަނައިގެން ވޭތުވެދިޔަ ހަތަރު އަހަރު ވެސް ފަތުރުވެރިން އަންނަ މިންވަރު ދަނީ އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުންނެވެ. ނިސްބަތުން އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ 2022 ވަނަ އަހަރެވެ.

ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 73 ޕަސެންޓަކީ ޓުއަރިސްޓު ރިސޯޓުތަކަށް އައި ފަތުރުވެރިންނެވެ. ފަތުރުވެރިންގެ ތެރެއިން ގެސްޓް ހައުސްތަކަށް ދިޔައީ 22 ޕަސެންޓު މީހުންނެވެ. ޓުއަރިސްޓު ހޮޓާތަކަށް 2.6 ޕަސެންޓު މީހުން އައި އިރު ޓުއަރިސްޓު އުޅަނދުތަކަށް އައީ ދެ ޕަސެންޓު މީހުންނެވެ.

ރާއްޖޭގައި މިވަގުތު 1،259 ޓުއަރިސްޓު ފެސިލިޓީ އޮޕަރޭޓު ކުރެ އެވެ. އެއީ 183 ރިސޯޓާއި 899 ގެސްޓް ހައުސް އާއި 16 ހޮޓަލާއި 161 ޓުއަރިސްޓު އުޅަނދެވެ.

އެ ހުރިހާ ތަނެއްޖެ ޖުމްލަ ބެޑް ކެޕޭސިޓީއަކީ 66،479 އެވެ. އެ ތަންތަނުގެ ތެރެއިން އޮޕަރޭޝަނަލްކޮށް ހުރީ 64،394 އެނދެވެ. މި