31 އޮގަސްޓު 2025 - 15:28 0
މުހައްމަދު ޝަހްޒާން
31 އޮގަސްޓު 2025 - 15:28 0
މާދަމާ މާލޭގައި ފަށާ ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތުގައި ދުނިޔޭގެ އަށް ގައުމަކުން 347 ކުޅުންތެރިން ބައިވެރިވާ ކަމަށް ދިރާގުން ބުނެފި އެވެ.
ދިރާގުން ބުނީ މާލެ ކުޅިވަރު އެކުވެނީގައި ސެޕްޓެމްބަރު 6، ގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި ބައިނަލްއަގުވާމީ 30 ކުޅުންތެރިން ބައިވެރިވާ ކަމަށެވެ. އެ މުބާރާތުގައި ޖުމުލަ 733 މެޗު ކުޅޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތަކީ ދަ ބެޑްމިންޓަން ކްލަބްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.
ހަ އުމުރުފުރާއަށް ބަހާލައިގެން ކުރިއަށްގެންދާ އެ މުބާރާތުގައި ނުވަ އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާ ހިމެނެ އެވެ. އޭގެ އިތުރުން އެ މުބާރާތުގައި އޯޕަން ކެޓަގަރީ، ޕެރަ/ސްޕެޝަލް އޮލިމްޕިކްސް ކެޓަގަރީ ވެސް ވަނީ ހިމަނައިފަ އެވެ.
ރާއްޖޭގައި އެކި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުންދާ ކަމަށް ދިރާގުން ބުންޏެވެ.
Comment