29 އޮގަސްޓު 2025 - 15:34 0
29 އޮގަސްޓު 2025 - 15:34 0
ރީތިވާ ސާމާނާއި ސެންޓު ވިއްކާ އިންސެންޑިއާއަށް އެމް-ފައިސާއިން ފައިސާ ދެއްކުމުން 10 ޕަސެންޓު ޑިސްކައުންޓު ލިބެން ފަށައިފި އެވެ.
އުރީދޫން ބުނި ގޮތުގައި މި ޕްރޮމޯޝަނުގެ ދަށުން އިންސެންޑިއާއިން ކުރާ ކޮންމެ ވިޔަފާރިއަކުން ވެސް އެމް-ފައިސާއިން ފައިސާ ދައްކާ ކަމުގައި ވަނީ ނަމަ މި ޑިސްކައުންޓު ލިބޭނެ އެވެ.
އުރީދޫން ބުނީ މިއީ އެމް-ފައިސާ ބޭނުންކުރާ ކަސްޓަމަރުންނަށް އަގު ހެޔޮކޮށް ރީތިވާ ސާމާނާއި ސެންޓު ގަނެލަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.
އިންސެންޑިއާއަކީ ވަރަށް ގިނަ ޕްރޮޑަކްޓު ޕޯޓުފޯލިއޯއެއް އޮތް ސްކިން ކެއާ އާއި ހެއާ ކެއާ އާއި ސެންޓު ވިއްކާ އޮންލައިން ވިޔަފާރިއެކެވެ.
އިންސެންޑިއާއިން ވިއްކާ ސްކިން ކެއާ ބްރޭންޑުތަކުގެ ތެރޭގައި 'ދަ އޮރިޖިނަލް' އާއި 'ސޭރާވީ' އާއި 'އަނުއާ' ހިމެނެ އެވެ. އަދި ހެއާ ކެއާ ޕްރޮޑަކްޓު ލައިނުގައި 'މިއެލް' އަދި 'ނިޒޮރަލް' އުފެއްދުންތައް ހިމެނެ އެވެ.
އިންސެންޑިއާގެ ސެންޓުތަކަށް ބަލާއިރު އަންހެނުންނާއި ފިރިހެނުންގެ ތެރޭގައި މަގުބޫލު މަޝްހޫރު ހުރިހާ ބްރޭންޑުތަކެއްގެ ސެންޓު ލިބެން އެބަ ހުއްޓެވެ.
އެމް-ފައިސާ އެޕް ޑައުންލޯޑްކޮށްގެން އެ ހިދުމަތުގައި ރަޖިސްޓްރީ ވެވޭނެ އެވެ. އުރީދޫ ވެބްސައިޓަށް ޒިޔާރަތްކޮށް، އެޕް ޑައުންލޯޑް ކުރެވޭނެ އެވެ.
Comment