Advertisement

ރެއާލް ދޫކޮށް ވަޒްކޭޒް ބަދަލުވީ ލެވަކޫސަން އަށް

27 އޮގަސްޓު 2025 - 08:41 0


ރެއާލް ދޫކޮށް ވަޒްކޭޒް ބަދަލުވީ ލެވަކޫސަން އަށް

27 އޮގަސްޓު 2025 - 08:41 0

ބާލިން (އޮގަސްޓް 27) - ރެއާލް މެޑްރިޑްގެ ކޮންޓްރެކްޓް ހަމަވުމާ އެކު އެ ކްލަބް ދޫކޮށްލައި، ލޫކަސް ވަޒްކޭޒް، ޖަރުމަނުގެ ބަޔާ ލެވަކޫސަން އަށް ބަަދަލުވެއްޖެ އެވެ،

ވަޒްކޭޒް، 34، ގެ ސޮއި ހޯދަން އިނގިރޭސި ޕްރިމިއާ ލީގު، އިޓާލިއަން ލީގު އަދި ފްރެންޗް ލީގުގެ ޓީމުތަކުން މަަސައްކަތްކުރި އެވެ. އެކަމަކު، ވަޒްކޭޒް ނިންމީ، ދެ އަހަރުގެ ކޮންޓްރެކްޓެއްގައި، ލެވަކޫސަނަށް ބަދަލުވުމަށެވެ.

ލެވަކޫސަނަށް ވަޒްކޭޒް ބަދަލުވުމުގައި، ރެއާލްްގެ ކޯޗަކަށް މި ވަގުތު ހުރި ޒަބީ އަލޮންސޯ އާއި އެ ޓީމުގެ ކެޕްޓަނެއް ކަމަށްވާ ޑެނީ ކާވަހާލްގެ ލަފާހޯދި އެވެ. އަލޮންސޯ އަކީ މިދިޔަ ދެ އަހަރު ލެވަކޫސަންގެ ކޯޗެވެ. އަދި، ކާވަހާލް ވަނީ މީގެ ކުރިން ލެވަކޫސަނަށް ކުޅެފަ އެވެ.

ވަޒްކޭޒް ބުނީ، ރެއާލް ދޫކޮށްލުމަށް ފަހު، ދެން ކުޅޭނެ ކްލަބެއް ކަނޑައެޅުމުގައި ގިނަގުނަ ކަންތައްތަކަކަށް ބެލި ކަމަށެވެ. އެ ގޮތުން، ލެވަކޫސަން އިހުތިޔާރުކުރީ ކާމިޔާބުހޯދުމަށް ބަލާއިރު، އޭނާ އަށް އުންމީދުކުރެވޭ މިންގަނޑުގެ މުހިންމު ކަންތައްތަކެއް ލެވަކޫސަން ކިބައިގައި ހުރުމެވެ.

ރެއާލުގެ ޔޫތު ޓީމުން ސީނިއާ ޓީމަށް 2015 ވަަނަ އަހަރު ޕްރޮމޯޓްވެ، ވަޒްކޭޒް ވަނީ އެ ޓީމަށް 402 މެޗު ކުޅެދީފަ އެވެ. އަަދި، ޖުމްލަ އެކު، އެ ކްލަބާ އެކު، 20 ޓްރޮފީ ހޯދިއިރު، އޭގެ ތެރޭގައި، ފަސް ޗެމްޕިއަންސް ލީގު ވެސް ހިމެެނެ އެވެ.