Advertisement

ކިންގްސް ކަޕްގައި ވެމްކޯ އާއި ރޯޑް ރެކްރިއޭޝަން އެއް ގްރޫޕަކަށް

24 އޮގަސްޓު 2025 - 09:15 0


ކިންގްސް ކަޕްގައި ވެމްކޯ އާއި ރޯޑް ރެކްރިއޭޝަން އެއް ގްރޫޕަކަށް

24 އޮގަސްޓު 2025 - 09:15 0

ކްލަބް މޯލްޑިވްސްގެ ފުޓްސަލް މުބާރާތްތައް ފަށަން މި އަހަރު މުޅިން އާ ފޯމެޓަކަށް ފަށާ ކިންގްސް ކަޕްގައި، ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އާއި ރަނަރަޕް، ރޯޑް ރެކްރިއޭޝަން ކްލަބް އެއް ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެ އެވެ.

ގްރޫޕް އޭގައި ހިމެނެނީ، ޓީމު ނައިވާދޫ، ބ. އޭދަފުށީގެ ސީސީ ސްޕޯޓްސް ކްލަބް، އައްޑޫ ސިޓީގެ މައިލޯ ސިޓީ ސްޕޯޓްސް ކްލަބް އަދި ޓީމު ކާށިދޫ އެވެ. އަދި، ގްރޫޕް އޭގައި ހިމެނެނީ، ކްލަބް މޯލްޑިވްސް ކްލަސިކްގެ ޗެމްޕިއަން، ކުޅިވަރު ވުޒާރާ ކްލަބްގެ އިތުރުން ކްލަބް ވެމްކޯ، އާއި ރޯޑް ރެކްރިއޭޝަން ކްލަބް އަދި ޖޯލި މޯލްޑިވްސް އެވެ.

މިދިޔަ އަހަރުގެ ކިންގްސް ކަޕްގައި ކުޅުނީ އެންމެ މެޗެކެވެ. ޖޯލި މޯލްޑިވްސް 2-1 އިން ބަލިކޮށް ތަށި އުފުލާލީ ވެމްކޯ އިންނެވެ.

ކިންގްސް ކަޕް ފަށާ ފުރަތަމަ ދެ މެޗުގައި ބައްދަލުކުރާނީ، މި މަހު 30 ވަނަ ދުވަހުގެރޭ، ނައިވާދޫ އާއި ސީސީ އަދި ކުޅިވަރު ވުޒާރާ އާއި ވެމްކޯ އެވެ. އެރޭ ދެ ވަނަ ދަންފަޅީގައި ކުޅޭނީ، މައިލޯ ސިޓީ އާއި ކާށިދޫގެ މެޗާއި ރޯޑް ރެކްރިއޭޝަން ކްލަބާއި ޖޯލި މޯލްޑިވްސް އެވެ.

އަންނަ މަހުގެ 14 ވަނަ ދުވަހު ފަށާ ކްލަބް މޯލްޑިވްސް ކްލަަސިކް ފަށާއިރު، މި މުބާރާތުގައި 32 ޓީމު ފެނިގެންދާނެ އެވެެ.

ކްލަބް މޯލްޑިވްސް ކްލަސިކްގެ ގްރޫޕްތައް ބެހުނު ގޮތަށް ބަލާއިރު:

ގްރޫޕް އޭ: ކްލަބް 220، ކްލަބް އެސްޑިއެފްސީ، ޓްރާންސްޕޯޓް ރެކްރިއޭޝަން ކްލަބް، އެގްރި ރެކްރިއޭޝަން ކްލަބް

ގްރޫޕް ބީ: ކްލަބް ޑީޖޭއޭ، ޔޫތު ރެކްރިއޭޝަން ކްލަބް، ފިނޭންސް ރެކްރިއޭޝަން ކްލަބް، އިސްލާމިކް މިނިސްޓްރީ

ގްރޫޕް ސީ: ޓީމު ބަދަހި، ފެހި ފަހި ކްލަބް، ފިޝަރީސް ރެކްރިއޭޝަން ކްލަބް، ދިވަރު ރެކްރިއޭޝަން ކްލަބް

ގްރޫޕް ޑީ: ހުޅުމާލެ ހޮސްޕިޓަލް، ޓްރޭޑް ކްލަބް، ދާހިލީ ކްލަބް، ކްލަބް ބީސީސީ

ގްރޫޕް އީ: ޓީމު އެޗްޕީއެސްއެން، ކްލަބް ބިނާރާ، ހެލްތު ރެކްރިއޭޝަން ކްލަބް، ކްލަބް ބަންޑާރަ

ގްރޫޕް އެފް: ކުޅިވަރު ވުޒާރާ ކްލަބް، ޓީމު ދަރުމަވަންތަ، ޓީމު ހާރިޖީ، ކްލަބް އެމްސީއެލްޕީ

ގްރޫޕް ޖީ: ތައުލީމީ ގުޅުން، ކްރިމިނަލް ކޯޓު، މީރާ ރެކްރިއޭޝަން ކްލަބް، ޕީއެސްއެމް

ގްރޫޕް އެޗް: އެމްއެމްއޭ، ޓީމު އެމްސީސީ، ޕެމާ އަދި ވިޔަރެސް

ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތް ފަށާނީ އަންނަ މަހު 14 ވަނަ ދުވަހުގެރޭ ކްލަބް 220 އާއި ކްލަބް އެސްޑިއެފްސީ ކުޅޭ މެޗުންނެވެ.

ކްލަބް މޯލްޑިވްސްގެ އަންހެން މުބާރާތެއް ކަމަށްވާ، އެއިޓީން ތާޓީ ކްލަސިކްގެ 12 ޓީމުގެ ގުރުއަތުލުން ވަނީ ކުރިއަށްގެންގޮސްފަ އެެވެ. މި މަހު 31 ވަނަ ދުވަހު ފަށާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ، ކަސްޓަމްސް، ސްޓެލްކޯ، ޕްރިޒަން ކްލަބް އަދި ހުޅުމާލޭ ހޮސްޕިޓަލް އެވެ. ގްރޫޕް ބީގައި ހިމެނެނީ، ދަރުމަވަންތަ ހޮސްޕިޓަލް، ހެލްތު ރެކްރިއޭޝަން ކްލަބް، ޓީމު ބަދަހި އަދި އެގްރި ރެކްރިއޭޝަން ކްލަބް އެެވެ. އަދި، ގްރޫޕް ސީގައި، ކުޅިވަރު ވުޒާރާ ކްލަބް، ޓީމު އެމްއޭސީއެލް އަދި އެސްޓީއޯ އަދި އޭސީސީ ރެކްރިއޭޝަން ކްލަބް އެެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުތަކުގައި، މި މަހު 31 ވަނަ ދުވަހުގެރޭ ކުޅޭނީ ސްޓެލްކޯ އާއި ކަސްޓަމްސްގެ މެޗާއި ދަރުމަވަންތަ އާއި ހެލްތު ރެކްރިއޭޝަން ކްލަބްގެ މެޗެވެ.