Advertisement

މާރާމާރީގެ މައްސަލައެއްގައި މާސޭ އިން ރަބިއޯ ދޫކޮށްލަނީ

22 އޮގަސްޓު 2025 - 08:42 0


މާރާމާރީގެ މައްސަލައެއްގައި މާސޭ އިން ރަބިއޯ ދޫކޮށްލަނީ

22 އޮގަސްޓު 2025 - 08:42 0

ޕެރިސް (އޮގަސްޓް 22) - މާރާމާރީ މައްސަލައެއްގައި މާސޭ އަށް ކުޅޭ ފްރާންސް ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު، އެޑްރިއަން ރަބިއޯ ދޫކޮށްލަން މާސޭ އިން ނިންމައިފި އެވެ.

ފްރެންޗް ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި، ރެން އަތުން މާސޭ 1-0 އިން ބަލިވި މެޗަށް ފަހު، ޗޭންޖިން ރޫމުގައި، ރަބިއޯ، 30 އާއި އެ ޓީމުގެ އިނގިރޭސި ކުޅުންތެރިޔާ، ޖޮނަތަން ރޯވް، 22ގެ މެދުގައި މައްސަަލަ ހޫނުވެ، ބޮޑު މާރާމާރީއެއް ވަނީ ހިނގައިފަ އެވެ.

މި މައްސަލަ މާސޭގެ މެނޭޖްމަންޓުން ބެލުމަށް ފަހު، ނިންމާފައިވަނީ، ދެ ކުޅުންތެރިން ވެސް ވިއްކާލުމަށެވެ.


މާސޭގެ ރައީސް ޕަބްލޯ ލޮންގޯރިއާ ވިދާޅުވީ، ރަބިއޯ އާއި ރޯވްގެ މެދުގައި އެ ހިނގައިދިޔަ ހަމަނުޖެހުމަކީ ވަރަށް ގޯސްކޮށް ދިޔަ ކަމެއް ކަމަށާއި މިއީ އޭނާގެ ހަޔާތުގައި ފުޓްބޯޅައިގެ ތެރެއިން އެ ފަދަ ކަމަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރު ކަމަށެވެ.

"އެހެންވީމަ، މި ކަމުގެ ސީރިއަސް މިންވަރަށް ބަލައިފައި އަހަރެމެން ނިންމީ، މީގެ ގޮތެއް ކަނޑައަޅަން، ދެ ކުޅުންތެރިން ވެސް ޓްރާންސްފާ ލިސްޓަށް ލާން،" ލޮންގޯރިއާ ވިދާޅުވި އެވެ.

އިނގިރޭސި 21 އަހަރުން ދަށުގެ ޓީމަށް ކުޅޭ ރޯވް، މާސޭ އަށް ބަދަލުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު 20 މިލިއަން ޑޮލަރަށެވެ. އަދި، ރަބިއޯ، މިދިޔަ އަހަރު ޔުވެންޓަސް އަށް ހިލޭ ޓްރާންސްފާއެއްގައި ބަދަލުވީ، ސޮއިކުރިއިރު، ބޯނަހެއް ލިބޭ ގޮތަށާއި ބޮޑު މުސާރަ އަކަށެެވެ. މިދިޔަ ސީޒަނުގައި ރަބިއޯ ވަނީ މާސޭގެ ކެޕްޓަންކަން ވެސް ބައެއް މެޗުތަކުގައި ކޮށްފަ އެވެ.