Advertisement

ޕީއެންސީ މެންބަރުންގެ ނަފުސުގެ އިއްޒަތެއް، އިތުބާރެއް، ކަރާމާތެއް، ޝަރަފެއް ނެތް: ޔާމން

21 އޮގަސްޓު 2025 - 23:14 0

ޕީއެންސީގެ ބައެއް މެންބަރުން. -- ފޮޓޯ: މަޖިލިސް


ޕީއެންސީ މެންބަރުންގެ ނަފުސުގެ އިއްޒަތެއް، އިތުބާރެއް، ކަރާމާތެއް، ޝަރަފެއް ނެތް: ޔާމން

21 އޮގަސްޓު 2025 - 23:14 0

ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ކުކުޅު ކޮއްޓަށް އަޅާ ކާނާ އާއި ޕީއެންސީގެ މެންބަރުންނާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ ޕީއެންސީގެ މެންބަރުން އެ ކުރާ ކަމަކީ އިންސާނީ ކަރާމާތް ޑީގްރޭޑު ކޮށްލުން ކަމަށެވެ.

"ކުކުޅު ކޮއްޓަށް އަޅާ ކާނާ ކޮޅާ މި މީހުންނާ ހުރި ތަފާތަކީ ކޮބައިތޯ. ހަމަ އެއް ފެންވަރެއްގެ ބައެއް ދެއްތޯ. އިންސާނީ ކަރާމާތް މި ގޮތަށް ޑީގްރޭޑް ކޮށްލަނީ ކީއްވެހެއްޔޭ. ދެން މިވަރު މީހުންނަށް ކިހިނެއްތޯ ވަޒީފާއިން ވަކިވީމަ ދެން އަންނަ ސަރުކާރަކުން ވަޒީފާއެއް ވެސް ދޭނީ. އެބަ އިނގޭ ނަފުސުގެ އިތުބާރެއް ނެތްކަން. ނަފުސުގެ ޝަރަފެއް ނެތް، ނަފުސުގެ އިއްޒަތެއް ނެތް، ނަފުސުގެ ކަރާމާތެއް ނެތް ބައެއް މިއީ،" ޔާމީން ވިދާޅުވި އެވެ.

މެންބަރުންނަށް އިތުރަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ، މެންބަރުން އެ ތިބީ އެމީހުންނާއި އެމީހުންގެ ނަފުސާއި ރައްޔިތުން ވެސް ވިއްކާލައިގެން ކަމަށެވެ.

"ހާދަހާ ޑިސްއޮނަރަބަލް ބަޔެކޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ. އެމީހުން އެ ތިބީ އެމީހުންގެ ނަފުސާއި އެމީހުންގެ ރައްޔިތުން ވިއްކާލާފައި ނޫންތޯ. ލާރިކޮޅަކަށް ނަފުސު ވިއްކާލާފައި އެ ތިބީ. ރާއްޖޭގައި މި ހިނގާ ހުރިހާ ބޮޑެތި ބަލާވެރިކަން އެމީހުންނާ ހެދި ނޫންތޯ މި ތަހައްމަލް ކުރަން ޖެހިގެން މި އުޅެނީ،" ޔާމީން ވިދާޅުވި އެވެ.

ޕީއެންސީގެ މެންބަރުންނަށް ޔާމީން އިލްތިމާސް ކުރެއްވީ ﷲ އަށް ބިރުވެތިވެ، މަޖިލީހުގައި ލިބިފައި އޮތް ސުޕަ މެޖޯރިޓީއަށްޓަކައި ދުނިޔޭގައި ބޮޑާވެނުގަތުމަށެވެ.

"ސުޕަ މެޖޯރިޓީއަކީ ﷲ ގެ ހަޒްރަތުގައި ކޮން އެއްޗެއްތޯ؟ އިންސާފާއި އަދުލުވެރިކަމޭ ސުޕަ މެޖޯރިޓީއަކީ. އެމީހުންގެ އަތުގައި ނަންބާސް ހުރުމެއް ނޫނޭ. މިއަދުގެ ހާލަތު މާދަމާ އެއްފުށުން އަނެއް ފުށަށް ޖައްސަވަނީ ﷲ އޭ. އެމީހުން ހަނދާން ނެތީތަ؟،" އެމަނިކުފާނު ވިދާޅުވި އެވެ.