މެޑްރިޑް (އޮގަސްޓް 21) - ރެއާލް މެޑްރިޑްގެ ކޯޗު ޒަބީ އަލޮންސޯގެ ޕްލޭނުގައި ރޮޑްރީގޯ ހިމެނޭ ކަމަށް ބުނެފި އެވެ.
ރޮޑްރީގޯ، 24، ހޯދުމަށް އާސެނަލުން މި ފަހަރުގެ ޓްރާންސްފާގައި ވަނީ 70 މިލިއަން ޑޮލަރު އޮފާއެއް ރެއާލަށް ހުށަހަޅައިފަ އެވެ. އެހެން ނަމަވެސް، ރެއާލް، ބޯޑުން ވަނީ އާސެނަލްގެ ހުށަޙެޅުމަށް ނޫނެކޭ ބުނެފަ އެވެ. އަދި، ރެއާލުން ރޮޑްރީގޯ ވިއްކާލަން ކިޔާ 100 މިލިއަން ޑޮލަރު ދޭނެ ޕްރޮޕޯސަލެއް އައިސްގެން ނޫން ގޮތަކަށް އެ ޓްރާންސްފާ ކުރިއަށް ނުދާނެ ކަމަށް ރެއާލުން ވަނީ އަންގައިފަ އެވެ.
ޓްރާންސްފާގެ ގިނަ ވާހަކަތަކެއް ދެކެވެމުން ދިޔަ ކަމުގައި ވިޔަސް، ރޮޑްރީގޯ ވަނީ ރެއާލްގައި މަޑުކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމަކު، ރެއާލުން އޭނާ ދޫކޮށްލަން ނިންމައިފިނަމަ، ދެން ގުޅޭ ޓީމަކަށް ވެސް ކުޅޭނީ މިހާރު ލިބޭ މުސާރަ އަށް ކަމަށް ރޮޑްރީގޯ ވަނީ ނިންމައިފަ އެވެ. އެކަމަކު، މިހާރު މުޅި ހާލަތް އޮތީ ބަދަލަށެވެ.
ސްޕެނިޝް ލީގުގެ އާ ސީޒަނުގައި، ރެއާލުން ކުޅުނު ފުރަތަމަ މެޗުގައި ރޮޑްރީގޯ އިނީ ބެންޗުގަ އެެވެ. ރޮޑްރީގޯގެ މުސްތަގުބަލާ ގުޅޭގޮތުން، މީޑިއާ އިން ސުވާލުކުރުމުން، އަލޮންސޯ ބުނީ، މި ވަގުތު ރޮޑްރީގޯގެ ކަންކަމާ ގުޅޭގޮތުން އާ ކަންތައްތަކެއް ނެތް ކަމަށެވެ.
"ކްލަބް ވޯލްޑް ކަޕްގައި ހިނގީ އެހެން ކަމެއް، މިހާރު މި އޮތީ އެހެން ހާލަތެއް، ކުރިން ވީ ކަމެއް އެ ދިޔައީ، މިހާރު އަހަރެމެން ވިސްނަނީ ކުރިއަށް،" އަލޮންސޯ ބުންޏެވެ.
"މި ވަގުތު ކަންކަން ހުރި ގޮތަށް ބަލަންޏާ، އަހަރެން ރޮޑްރީގޯއާ އެކު ކުރިއަށްދާން ވިސްނަނީ. ކުރިއަށް އޮތް ތިން މަސް ދުވަސް ތެރޭ ރޮޑްރީގޯ އަށް ކުޅުމުގެ މިނިޓް ލިބޭގޮތް ބަލާފައި އަހަންނަށް ދެން މި ކަމާ ގުޅޭގޮތުން އަންނަ ސުވާލުތަކަށް ޖަވާބު ދެވޭނީ،"
މި ފަަހަރު ރެއާލާ ހަވާލުވި ކޯޗު އަލޮންސޯ، އެންމެ ފުރަތަމަ ހެދި ޕްލޭނުގައި ރޮޑްރީގޯ ނެތް ކަމުގައި ވިޔަސް އެކަން މިހާރު ވަނީ ބަދަލުވެފަ އެވެ.
Comment