Advertisement

ހަ މަސް ފަހުން އަޒާން އަލުން ޕީއެންސީ ޕީޖީގެ ވަޓްސްއެޕް ގްރޫޕަށް ވައްދައިފި

20 އޮގަސްޓު 2025 - 10:24 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައްޔިތުންގެ މަޖިލީހަށް ކެމްޕޭނު ކުރި ދުވަސްވަރު، ރައީސް މުއިއްޒު، އަޒާންގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ: ޕީއެންސީ


ހަ މަސް ފަހުން އަޒާން އަލުން ޕީއެންސީ ޕީޖީގެ ވަޓްސްއެޕް ގްރޫޕަށް ވައްދައިފި

20 އޮގަސްޓު 2025 - 10:24 2

ރައީސް މުހައްމަދު މުއިއްޒު އާ ދެމެދު ސިޔާސީގޮތުން ނުތަނަވަސްކަން އުފެދިގެން މީގެ ހަ މަސް ކުރިން ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕުން ބޭރުކުރި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އަލުން އަނބުރާ އެ ގްރޫޕަށް ވައްދައިފި އެވެ.

ޕީޖީގެ ވަޓްސްއެޕް ގްރޫޕުން އަޒާން ބޭރުކުރީ ފެބްރުއަރީ 25، ގަ އެވެ. މި ގްރޫޕުގައި މުއިއްޒު ވެސް އިންނަވަ އެވެ. އަޒާން އަލުން އަނބުރާ ގްރޫޕަށް ވެއްދިކަން ޕީއެންސީގެ ބައެއް މެންބަރުން ވަނީ މި ނޫހަށް ކަށަވަރުކޮށްދީފަ އެވެ.

ވަޓްސްއެޕް ގްރޫޕަށް ވެއްދުމުގެ އިތުރުން، އޭރު ޖެހުނު މައްސަލަގަނޑުގެ ތެރެއިން އޭނާ ވަކިކުރި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީ އަދި މާލިއްޔަތު ކޮމިޓީއަށް އަޒާން އިއްޔެ ވަނީ އަލުން އައްޔަންކޮށްފަ އެވެ.

މުއިއްޒު އާއި އަޒާން މައްސަލަ ޖެހުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ސަރުކާރުން ހުށަހެޅި ބިލަށް ވޯޓު ނުދިނުމަށް އޭނާ ނިންމުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން މުއިއްޒުގެ އެންގެވުމަށް ޕީއެންސީ ގެ ހަރަކާތްތަކުން އަޒާން އެއްފަރާތް ވެސް ކުރި އެވެ.

މިކަމުގެ ތެރެއިން އަޒާން ޕާޓީން ވަކިކޮށްފާނެ ކަމުގެ އަޑުތައްވެސް ފެތުރެނެވެ. އެކަމަށް ބާރު ލިބުނީ ދާއިރާގެ ބައި-އިލެކްޝަނެއްގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޯދަން މުއިއްޒު އެދިވަޑައިގެންނެވުމުންނެވެ.

މި ސަރުކާރުގެ އަދި ޕީއެންސީގެ އިސް ސަފުގައި ހިމެނޭ ދެ މަސްދަރަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި އަޒާނުގެ ބަދަލުގައި ކެންޑިޑޭޓަކު ހޯދަން މުއިއްޒު އެދުނީ އެ ޕާޓީގެ ލީޑަޝިޕުގެ އޮފިޝަލުން ތިބޭ ގްރޫޕަކަށް ފޮނުއްވި މެސެޖެއްގަ އެވެ. ނަމަވެސް ފަހުން އެކަމާ ގުޅިގެން އެ ޕާޓީން ފިޔަވަޅެއް ނާޅަ އެވެ.

އޭނާ އަލުން އަނބުރާ ޕީއެންސީގެ އެތެރެ ކޮއިލަށް ވައްދާފައި މިވަނީ މިނިވަން މީޑިއާ ނައްތައިލުމާ ބެހޭ ބިލެއް މަޖިލީހަށް ހުށަހަޅައި ސަރުކާރު މެންބަރުން އެ ބިލަށް ތާއީދު ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. މަޖިލީހަށް އިންތިހާބުވުމުގެ ކުރިން އަޒާންއަކީ ނޫސްވެރިޔެކެވެ.

މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.