Advertisement

ދަނޑުވެރިކަމާ ގުޅުންހުރި ދެ ދާއިރާއަކުން ސްކޮލާޝިޕަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

18 އޮގަސްޓު 2025 - 10:01 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ދަނޑުވެރިކަމާ ގުޅުންހުރި ދެ ދާއިރާއަކުން ސްކޮލާޝިޕަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

18 އޮގަސްޓު 2025 - 10:01 0

ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާ ގުޅިގެން ހިންގާ ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހޯދަން އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން މި ޕްރޮޖެކްޓްގެ މި ބުރުގައި ފުރުސަތު ހުޅުވާލި ދެ ދާއިރާއަކީ އެގްރިކަލްޗަރަލް ސައިންސް އާއި އެގްރިކަލްޗާ (ބޮޓަނީ އެންޑް އެންޓޮމޮލޮޖީ) އެވެ. މި ކޯސްތަކުގެ ޝަރުތަކީ ޖީސީއީ އޯލެވެލްގެ ފަސް މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުމާއި އަދި ޖީސީއީ އޭލެވެލްގެ ތިން މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުމެވެ.

މި ސްކޮލާޝިޕަށް ހޮވޭ ފަރާތްތަކުގެ ކޯސް ފީ އާއި، ބުކް އެލަވަންސާއި އެސްޓަބްލިޝްމަންޓް އެލަވަންސްގެ އިތުރުން ސްޓައިޕަންޑް ހަރަދުތައް ހަމަޖައްސައިދޭނީ މިނިސްޓްރީންނެވެ. ސްކޮލާޝިޕް ހަމަޖައްސާނީ އޭޝިއާ އަދި ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގައި ހިމެނޭ ގައުމަކުންނެވެ.

މި ކޯސްތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ފިޝަރީޒް މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް، (ހ. ޕަލްމޭރާ، 3 ވަނަ ފަންގިފިލާ، ސޯސަން މަގު) ހުށަހެޅުއްވުމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެ އެވެ.

މި ސްކޮލާޝިޕްތަކަށް ފުރުސަތު ދިނުމުގައި މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ ގައި މަސައްކަތްކުރަމުންގެންދާ މުވައްޒަފުންނަށް އިސްކަންދެވޭނެ ކަމަށް އިއުލާނުގައި ބުނެފައި ވެ އެވެ.