Advertisement

ކަރަންޓު ކެނޑިގެން މަޖިލީހުގެ މަސައްކަތްތައް ހުއްޓިއްޖެ

18 އޮގަސްޓު 2025 - 09:44 2

އަހުމަދު އާއިދު

އަހުމަދު އާއިދު

މަޖިލީހުގެ ތަޅުމުން ކަރަންޓު ގޮސް މަޖިލިސް މެދުކަނޑާލާފައި: ކަރަންޓު ލިބޭނެ އިރެއް އަދިވެސް ނޭނގޭ


ކަރަންޓު ކެނޑިގެން މަޖިލީހުގެ މަސައްކަތްތައް ހުއްޓިއްޖެ

18 އޮގަސްޓު 2025 - 09:44 2

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަރަންޓު ކެނޑިގެން މަޖިލީހުގެ މަސައްކަތްތައް ހުއްޓި، ޖަލްސާ މެދުކަނޑާލަން ޖެހިއްޖެ އެވެ.

މަޖިލީހުން ކަރަންޓު ކެނޑުނީ މިއަދުގެ ޖަލްސާގައި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ވާހަކަ ދައްކަވަމުން ދަނިކޮށެވެ. އޭގެ ފަހުން ކަރަންޓު ލިބޭތޯ މެންބަރުން ތަޅުމުގައި ތިބުމަށްފަހު ފަހުން ތަޅުން ދޫކޮށް ވަނީ ގޮސްފަ އެވެ.

މި ނޫހާ ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވީ ކަރަންޓު ކެނޑުނު ސަބަބެއް ނޭނގޭ ކަމަށާއި ކަރަންޓު ކެނޑުނު ސަބަބު މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ވެސް ނޭނގޭ ކަމަށެވެ.

ކަރަންޓު ކެނޑިގެން މަޖިލީހުގެ މަސައްކަތްތައް މިއަދު ހުއްޓުނުއިރު، މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުން ވަނީ އާންމުވެފަ އެވެ.

އެންމެ ފަހުން ކަރަންޓު ދިޔައީ މީގެ ހަތަރު ދުވަސް ކުރިންނެވެ. އޭގެ ކުރިން އޮގަސްޓު 9، ގައި ވެސް މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނެވެ. އެ ދުވަހު ކަރަންޓުގެ ހިދުމަތް އަނބުރާ ލިބުނީ ދެ ގަޑިއިރަށްވުރެ ގިނަ އިރު ފާއިތުވި ފަހުންނެވެ.

އޭގެ ކުރިން ޖޫން 1، ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭ ގޮތަށް މާލެ އާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވެ އެވެ. އެ ދުވަހު ކަރަންޓުގެ ހިދުމަތް އަނބުރާ ދެވުނީ ފަސް ގަޑިއިރަށްވުރެ ގިނަ އިރު ފަހުންނެވެ.

މާލެއިން ތަކުރާރުކޮށް ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވަމުންދާ މައިގަނޑު ސަބަބަކީ ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގޭގެ ތެޔޮ ޓޭންކުތަކަށް ބަރާބަރަށް ތެޔޮ ނޭޅޭތީ ކަމަށް އިތުބާރު ހިފޭ މަސްދަރުތަކުން އަދަދު އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.